ރައީސް ޔާމީންގެ ހުލާސާ ބަޔާން ނެގުން އަވަސްކޮށްފި

- ރައީސް އަބްދުﷲ ޔާމީން -

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުން އަވަސްކޮށްފިއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާ ވަނީ ނިންމާފައެވެ. އެހެންކަމުން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ އަންނަ މަހުގެ 10 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ތާރީހު މިހާރު ވަނީ ކޯޓުން ބަދަލުކޮށް އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ބަދަލުކޮށްފައެވެ.

އަޑުއެހުން ތާވަލުކޮށްފައިވަނީ އެ ދުވަހުގެ މެންދުރުފަހު 1:00 އަށް ކަމަށް މައުލޫމާތުލިބެއެވެ. ޓީވީއިން ލައިވްކޮށްގެން ކުރިއަށް ގެންދާ މި ޝަރީއަތް ނިމުމާ ގާތްވެފައިވާއިރު ހުލާސާ ބަޔާން އިއްވުމަށްފަހު ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެއެވެ. ކުށް ސާބިތުވާނަމަ، އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ބާއްވަން ޖެހޭނެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ.

މި ަމއްސަލާގައި 4 އަޑުއެހުމެއް ބާވާފައިވާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމަނިކުފާނު ވަނީ އެމްއެމްޕީއާރްސީ އިން ދިން ޗެކެއް އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ އަކީ ސަރުކާރުން ބޭނުން ވެގެން ކުރާ ދައުވާއެއްކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލުމުގެ މަޤުޞަދުގައި އެސްޓީއެފްތަކެއް ވަރަށް ފަހުން ނެރުއްވާފައިވާ ކަމަށެވެ. އެސްޓީއެފް އަކީ އެމްއެމްއޭ އިން އަންގާ އެންގުމެއް ކަމަށް ވީނަމަވެސް ޔާމީން ތުހުމަތު ކުރެއްވީ އެއީ ސަރުކާރުން ބޭނުން ވެގެން އެމްއެމްއޭ އިން ކުރެއްވި ކަމެއްގެ ގޮތުގައެވެ.

ޔާމީން ވިދާޅުވީ ކުށެއް ކުރުމުގެ ނިޔަތެއް ވެސް އެމަނިކުފާނުގެ ނެތް ކަމަށާއި ކުރެއްވި ކޮންމެ ކަމެއް ކުރައްވާފައި އޮންނާނީ ހެޔޮ ނިޔަތުގައި ކަމަށެވެ. މަނީ ލޯންޑްރިންގައި ދެ އެލިމެންޓެއް އެބައޮތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެއް އެލިމެންޓަކީ ފައިސާއެއް އޮޅުވާލުމަށް މަސައްކަތް ކުރުން ކަމަށާއި އެސްއޯއެފް އިން ދިން ފައިސާ އެމަނިކުފާނު އެކައުންޓުން އެހެން މީހެއްގެ އެކައުންޓަކަށް ނުދޭ ކަމަށާއި އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާ ފޮރުވާކަށް އެއްވެސް މަސައްކަތެއް އެމަނިކުފާނު ނުކުރައްވާ ކަމަށެވެ.

އަދި މިއަދުވެސް އެފައިސާ އެހެރީ އެފައިސާ ވަން ބޭންކްގައި ހުރި އެމަނިކުފާނުގެ އެކައުންޓެއްގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެކްސްކްރޯ އެކައުންޓަށް އެފައިސާ ޖަމާނުކުރީ އޭރުން މަނީ ލޯންޑްރިންގައި ބައިވެރިވި ކަމަށް ބެލެވޭނެތީ ކަމަށާއި އަދި އޭސީސީ އިން ބޭނުންވީ ބީއެމްއެލްގައި އެކައުންޓެއް ހުޅުވަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އެފައިސާ އަކީ ދައުލަތުގެ ފައިސާއަށް ފަހަރެއްގައި ވެސް ވެދާނެ ކަމަށް ލަފާކުރެވިގެން އެކްސްކްރޯ އެކައުންޓަށް ޖަމާކުރަން އިސްނެގީ ޙުދު އެމަނިކުފާނު ކަމަށްވެސް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އެކި ޝަރީޢަތުގެ މަޖިލިހުގައި ވިދާޅުވެފައެވެ.

އެމްއެއައިބީގައި ހުރި ފައިސާ ބީއެމްއެލްގެ އެކްސްކްރޯ އެކައުންޓަށް ޖަމާނުކުރެވުނު އަނެއް ސަބަބަކީ އޭސީސީ އިން އެމަނިކުފާނަށް އެނގި އެފައިސާގައި އަތް ނުލާންވެގެން ކަމަށާއި އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އަކީ ޤާނޫނާއި ހިލާފު ފައިސާތަކެއް ކަމެއް ނިންމޭނެ ހެކިތަކެއް ނެތް ކަމަށާއި އެސްއޯއެފް އާއި އެމްއެމްޕީއާރްސީގެ މުއާމަލާތްތަކަކީ ޤާނޫނާއި ހިލާފު މުއާމަލާތްތަކެއް ކަން އެއްވެސް ފަރާތަކުން ނިންމާފައެއް ވެސް ނެތް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށްދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފުންނާބުއުސް ގާނޫނީ ވަކީލުންވެސް އަންނަނީ ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެއް އަހަރު ފަހުން ރައީސް ޔާމީންގެ މައްސަލައިގެ ދައުވާއާއި ގެން އުޅޭ އުޅުމަކީ އޭގައި ވަރަށް ބޮޑަށް ސިޔާސީ ކަންތައްތަކެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ގިނަ ވަކީލުން ދެކިވަޑައިގަންނަވައެވެ.

އެގޮތުން ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެ ދައުވާ ނުއުފުއްލާ ތިއްބެވީ ކީއްވެގެންތޯ މި އީ އުފެދޭ ވަރަށް ބޮޑު ސުވާލެއްކަމަށާއި އަދި ރައީސް ޔާމީންގެ މައްސަލަ ބެލުމަށްޓަކައި އެ ބޭފުޅުން މިހާރު މަސައްކަތް ކުރައްވަނީ ސަރުކާރުން ކަންތައްތަކެއްގެ މައްސަލަތަކެއް ބެލުމުގެ މަސައްކަތް މި ވަގުތު ކުރިއަށްދާތީ އެކަމާ ޖެހިލުންވެގެން އުޅުއްވާތީ ކަމަށް ލަފާ ކުރޭވޭ ކަމަށްވެސް ސިޔާސީ އެކި ބޭފުޅުން ވިދާޅުވެއެވެ.

މި މައްސަލާގައި ރައީސް ޔާމީންއާ ދެކޮޅަށް އެމަނިކުފާނުގެ ދެ ޓޫރިޒަމް މިނިސްޓަރުން ކަމަށް އަހުމަދު އަދީބާއި މޫސާ ޒަމީރު ވަނީ ހެކި ބަސް ދީފައެވެ.

މީގެއިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވެސް ވަނީ ހެކި ބަސް ދީފައެވެ. ދައުލަތުގެ ހެކިންގެ ތެރެއިން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވަނީ ހެކި ބަސް ދެއްވަން ދެކޮޅު ހައްދަވާފައެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވި ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވެސް ވަނީ ހެކި ބަސް ދެއްވަން އުޒުރުވެރިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...