ބޮޑު ބަޖެޓެއް ފާސްކޮށްވެސް ރައްޔިތުންނަށް ކަމެއް ކޮށް ނުދެވުނު ތާނގާ އަނެއްކާ އެއަށް ވުރެ ބޮޑު ބަޖެޓެއް؟

ބަޖެޓެއްގައި ކިތަންމެ ބޮޑު އަދަދުތަކެއް ޖެހިނަމަވެސް އެއީ ހަަމ އުއްމީދީ ހުވަފެންތަކެކެވެ. ބަޖެޓެއްގެ އަސްލު ބެނުމަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ރައްޔިތުންނަށް ބޭނުންވާ ޕީއެސްއައިޕީތައް ހިމަނައިގެން ފާސްކުރާ ޑޮމެސްޓިކު ބަޖެޓަކަށް ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ފާސްކުރާ ބަޖެޓު ވާން ޖެހޭނެއެވެ. ނިމި ދިޔަ އަހަރު ފާސްކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުން ރައްޔިތުން ވީ ކޮންފައިދާއެއް ތޯ މިއީ އުފެދޭ ސުވާލެކެވެ.

އެހެންކަމުން މިއަހަރުގެ ބަޖެޓުން ރައްޔިތުންނަށް ވީ ކޮން ފައިދާތޯ ބަލާލުން މިއީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެމެވެ. އެގޮތުން ބާލއިރު. ނިމި ދިޔަ ސަރުކާރާ އަދި މި ސަރުކާރުގެ ފުރތަމަ ހަމަސް ދުވަހު އަޅާ ކިޔާލަމާ ހިންގަވާށެވެ.

އެގޮތުން ދެ ވެރިކަމުގެ ފުރަތަމަ ހަތް މަސް ދުވަހުގެ އިންފްރާސްޓްރަކްޗަރ ޕީއެސްއައިޕީ މަޝްރޫޢުތައް އަލިއަލުވާލުމުން މިކަމުގެ ތެދު ދޮގު ހާމަވެގެން ދެއެވެ. އެގޮތުން ބަލާއިރު، ރައީސް ޔާމީންގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެމަނިކުފާނުވަނީ 12 ހާބަރ ޕްރޮޖެކްޓެއް ހިންގަވާފައެވެ. ރައީސް ޞޯލިހުގެ ސަރުކާރަށް ބަލާއިރު ފުރަތަމަ ހަތް މަސް ދުވަހު ފެށިފައިވަނީ އެންމެ ހާބަރު ޕްރޮޖެކްޓެކެވެ.

މަގު ހެދުމުގެ މަޝްރޫޢުތަކަށް ބަލާއިރު ރައީސް ޔާމީންގެ ދައުރުގައި ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ވަނީ ހަ މަޝްރޫއެއް ފައްޓަވާފައެވެ. ނަމަވެސް ރައީސް ޞޯލިހުގެ ސަރުކާރުގައި ފުރަތަމަ ހަ މަސް ދުވަހު މަގު ހެދުމުގެ އެންމެ ޕްރޮޖެޖްޓެއްވެސް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފެށިފައެއް ނުވެއެވެ.

ވެރިކަމުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ބަލާއިރު ރައީސް ޔާމީންގެ ދައުރުގައި ފުރތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ވަނީ ބިން ހިއްކުމުގެ ހަ މަޝްރޫޢެއް ފަށާފައެވެ. ނަމަވެސް ރައީސް ޞޯލިހުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ އެއްވެސް މަޝްރޫޢެއް މިހާ ތަނަށް ފެށިފައި ނުވެއެވެ.

ނިމި ދިޔަ ސަރުކާރުގައި ރިވެޓްމަންޓް ޖެހުމުގެ ދެ މަޝްރޫޢު އަދި ހާބަރު ޑްރެޖް ކުރުމާއި މެއިންޓަނެންސްގެ ހަ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާއިރު މި ސަރުކާރުގައި އެއިން އެއްވެސް ދާއިރާއަކުން އެއްވެސް މަޝްރޫޢެއް އަދި މިހާތަނަށް ކުރިއަށް ގެންގޮސްފާ ނުވާކަން ފާހަގަކޮށްލެވެއެވެ.

ކަން މިހެން ހުރިއިރު ރައީސް ޔާމީންގެ ދައުރުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓުގެ މަޝްރޫޢުތަކަށް 24.7 ބިލިއަން ރުފިޔާ ޚަރަދު ކުރެއްވި ކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން މީގެ ކުރިން ދައްކަފައެވެ.

އެގޮތުން ރައީސް ޔާމީންގެ ޒަޢާމަތުގައި ފުރަތަމަ ހަތް މަސް ދުވަހު 232.4 މިލިއަން ރުފިޔާ ތަރައްޤީގެ އެކި މަޝްރޫއުތަކަށް ހޭދަ ކުރައްވާފައިވާއިރު، ރައީސް ޞޯލިހުގެ ޒަޢާމަތުގައި ފުރަތަމަ ހަތް މަސް ދުވަހު ތަރައްޤީގެ މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ 7.1 މިލިއަން ރުފިޔާއެވެ.

ދެން އޮތް ކަމަކީ ރައްޔިތުންނަށް ކަމެއް ކޮށް ނުދެވުނު ތާނގާ ރައްޔިތުންގެ ފައިސާއިން މި ސަރުކާރުގެ އިސްވެރިން އެކި އެކި ކަރަތަކަށް ދަތުރުކުރަމުން ދާ ދިއުމެވެ. ރާއްޖެއަށް އެހީ ހޯދަން ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު ޕްރީޕެއިޑް އަހަން ޕްރީޕެއިޑް އެއް ނޫން ދެއްތޯއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރައްވާ އެއްވެސް ދަތުރެއްގެ ފޮނި މީރުކަން މިއަދާ ހަަމައަށް ރައްޔިތުންނަށް ލިބިފައި ނެތެވެ. ދަތުރުން އެނބުރި ވަޑައިގަންނަވާ އިރު އަތްޕުޅުގައި އޮންނަ ބްރީފް ކޭހުގެ ސިއްރަކީ މުހައްމާގެ ބްރީފް ކޭހުގެ ސިއްރު ބާ އޭ ހިތައް އަރައެވެ.

ދެން ހުންނެވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އެ ސޮރަށް މިނިސްޓަރުކަން ލިބިވަޑައިގެންނެވީއްސުރެ ވެސް ދެ ފަޔަށް ހިނި އަރައިގެން އުޅޭ ހގެން ހީވެއެވެ. މިހާރުވެސް ހުންނެވީ ކަރައަކަށް ވަޑައިގެން ފިލްމު ސްޓާރުންނާ ބައްދަލުކުރެއްވުމުގެ މަޝްރޫއެއްގެ އެވެ.

ނަމަވެސް ދައުވާ ކުރައްވަނީ އެއީ އަމިއްލަ ފުޅު ޚަރަދުގައި ކުރައްވާ ދަތުރުފުޅު ކަމަށެވެ. އެހެންކަމުގައި ވަނީ ނަމަ މީގެ ކުރިން އަމިއްލަފުޅަށް އެ ފަދަ ދަތުރުތައް ނުކުރެއްވުނު ސަބަބަކީ ކޮބައިބާއެވެ؟

ރައީސަކު އދގައި ތަގުރީރުކުރައްވަން ވަޑައިގަންނަވާއިރު 24 ބޭފުޅުންގެ ވަފްދެއް ގޮވައިގެން މެނުވީ ހަމަ ނުދެވެނީ ބާއެވެ؟ ފަހަރުގައި އެހެން ވެދާނެއެވެ. އެމަނިކުފާނުގެ ތަޤުރީރު ތައްޔާރުކޮށް ފަހުމުކޮށްދިނުމުގައި އެވަރުގެ ޓީމެއް ބޭނުންވެދާއެވެ.

ކޮންމެ އަކަސް 30.2 ބިލިއަނާޏ ސަޕްލިމަންޓްރީގެ ގޮތުގައި 1.7 ބިލިއަން ދަވާލިއިރުވެސް ރައްޔިތުންނަށް އެއިން ބައި ލޯ ލާރިއެއް ވެސް ޚަރަދުކޮށްފައި ނުވެއެވެ.

އެހެންކަމުގައި ވަނީ އަދި އަންނަ އަހަރަށް ލަފާކޮށް ފާސްކުރަން އުޅޭ 40 ބިލިއަންގެ ބޮޑު ބިޔަ ފާޓޫ ފުޅާ ބަޖެޓުން ރައްޔިތުން ކުރާނެ ފައިދާ އެއް ވަކި އޮންނާނެ ކަމާ މެދު ސުވާލު ނުއުފެދޭތޯއެވެ؟

ކިތަންމެ އަދަދު މަތިކޮށް ބަޖެޓެއް ފާސްކުރިޔަސް މެނޭޖުކޮށް ކަންކަން ކޮށްދެއްވަން އެނގިވަޑައިނުގަންނަވާ ކަމުގައި ވަނީ ނަމަ ދެން ކުރާނީ ކޮން ފައިދާއެއް ތޯއެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...