އިންސާނުންގެ ތެރޭގައި ނުބައިކަންތައް ކުރާމީހުން ގިނަވަނީ ގާނޫނު ނެތިގެން ނޫން: ހަސަން މުފީދު

- މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު -

އިންސާނުންގެ ތެރޭގައި ނުބައިކަންތައް ކުރާމީހުން ގިނަވަނީ ގާނޫނު ނެތިގެން ނޫން ކަމަށާއި ގާނޫނޫ ތަންފީޒު ނުކުރެވިގެން ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމް ގާނޫނުގެ ބިލަށް އިސްލާހުތަކެއް އަދުގެ ސަރުކާރުން ކުރައްވާ މި ދަނޑިވަޅުގައި ޗެނަލް ތާޓީންގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން މުފީދު ވިދާޅުވީ ޓެރަރިޒަމް ގާނޫނުގައި އިސްލާމް ދީނާ ފުށުއަރާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އަދި އިސްލާމް ދިނުގެ އެއްވެސް އަސްލަކާ ޚިލާފް ގާނޫނެއް ނެހެދޭނެ ކަމަށް ވަރަށް ސަރީހަ ބަހުން ގާނޫނު އަސާސީގައި ބަޔާން ވެފައި ވާނޭ ކަމަށް މުފީދު ވިދާޅުވިއެވެ.

އަދި ސަރުކާރުން ޓެރަރިޒަމް ގާނޫނަށް ގެންނަވަން އުޅޭ ބަދަލުތަކުގެ ތެރޭގައި އިސްލާމް ދިނާ ފުށުއަރާ ވަރަށް ގިނަ މާއްދާތަކެއް އެބަހުރި ކަމަށާއި އަދި މަގުމަތިން ހިނގާފަދާ މީހާވެސް ބަލާފާސް ކުރުމުގައި އެއްވެސް ވަރެއްގެ އިންތަކެއް އެ ގާނޫނު ފާސްވެއްޖެ ކަމުގައިވަނީ ނަމަ ނޯންނާނޭ ކަމަށްވެސް މުފީދު ވިދާޅުވިއެވެ.

އަދި އިސްލާމް ދީނުގައި މީހުން ބެލޭނެ ވަކި ހިސާބެއް ކަނޑައެޅިގެން އެނގެން އެބައޮތް ކަމަށާއި އެހެންކަމުން މީހުން ބަލާ ފާސްކުރުމުގައި ވަކި މިންގަނޑަކާއި އުސޫލުތަކެއް ކަނޑައެޅެން ޖެހޭ ކަަމަށް މުފީދު ފާހަގަކުރެއްވިއެވެ.

އަދި އިސްލާމް ދީނާ ޚިލާފް އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށާއި އެހެން އެގޮތަށް ފާސްކޮށްފި ކަމުގައިވަނީނަމަ އެ ގާނެއްވެގެންދާނީ ބާތިލް ގާނޫނަކަށް ކަމަށް މުފީދު ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ބަރަކީ މުއައްސަސާތައް ޕެރެލައިޒް ކުރުންނޫން ކަން ފާހަގަ ކުރައްވާ މުފީދު ވިދާޅުވީ ނަމަވެސް ވެރިކަން ލިބުނު ފަހުން ގާނޫނު އަސާސީގެ އިންތަކާއި މިންގަނޑުގެ ތެރެއަށް ބެލުމެއްނެތި ހުރިހާ މުއައްސަސާތަކެއް ވަނީ ހުއްޓުމަކަށް ގެނެސްފައި ކަމަށެވެ.

އަދި ސަރުކާރުން ހިތު ހުރިހާ ގޮތަކަށް ކަންތައްތައް ކުރެއްވުމަށްޓަކައި ކޮމެޓީތަކާއި ކޮމިޝަންތައް ހައްދަވައިގެން އުޅުއްވާ ކަމުގެ ތުހުމަތުތަކެއްވެސް މުފީދު ވަނީ ކުރައްވާފައެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިއްބައިދޭ ބާރާއި އިޚްތިޔާރުތަކުގެ މަފްހޫމް ވަރަށް ރަނގަޅަށް އަދުގެ ސަރުކާރުން ދަސްކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ މުފީދު ވިދާޅުވީ އެ ގާނޫނު އޮތީ އެ ބޭފުޅުން ހިތުހުރިގޮތަކަށް ކަންތައް ކުރައްވަން ނޫންކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގައި ގިނަ މަސައްކަތްތަކެއް ރައްޔިތުންގެ ހައްގުގައި ކޮށްދެއްވާފައިވާ ހަސަން މުފީދު ވަނީ ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތަކާއި ކީހާ ޅެން ފަރިއްސަށް ހެއްދެވުމުގެ ބަދަލުގައި ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ޚިދުމަތެއް ކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...