ޑީޕޯޓްކުރި ދެ ބިދޭސީންގެ މައްސަލައިގައި މުއައްސަސާތަކުން ދައްކާ ވާހަކަ ދިމާނުވޭ: އުޝާމް

މޯޯލްޑިވްސް އިމިގްރޭޝަނުން ދާދިފަހުން ޑީޕޯޓްކުރި ދެ ބިދޭސީންގެ މައްސަލައިގައި މުއައްސަސާތަކުން ދައްކާ ވާހަކަ ދިމާނުވާކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބިދޭސީން ޑީޕޯޓް ކޮށްލުމާ ގުޅޭގޮތުން އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ޓުވިޓަރގައި ހިއްސާ ކުރައްވަމުން އުޝާމް ވިދާޅުވެފައިވަނީ އެ ދެބިދޭސީން ޑީޕޯޓްކޮށްލުމާ ގުޅޭގޮތުން އިމިގްރޭޝަނުން ވަކިވަކިން ކޮށްފައިވާ ޓުވީޓުތަކާއި މިހާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު މުޙައްމަދު (ހަނަފީ) ވިދާޅުވާ ވާހަކަފުޅާ ދިމާނުވާ ކަމަށެވެ.

ބިދޭސީން ޑީޕޯޓް ކުރުމަކީ އަބަދުވެސް ހުރިހާ ސަރުކރެއްގައިވެސް ހިނގާ ކަމެއްކަންވެސް އުޝާމް ފާހަގަކުރައްވާފައިވެއެވެ. ރާއްޖެ އެމްވީއަށް ޙަނަފީ ދެއްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައި އެމީހުންނަކީ ކުށުގެ ހައިޕްރޮފައިލް މީހުންކަން ކުރިން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

މަނީލޯންޑާ ކުރުމާއި އެނޫން ވެސް އެތައް ކުށެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވި ޑީޕޯޓް ކޮށްލި ބަންގްލަދޭޝް އަށް ނިސްބަތްވާ އަބޫ ހަނީފް ފުރުވާލީ އޭނާ ގާނޫނާއި ޚިލާފު ވުމުން ކަމަށާއި ނަމަވެސް އޭނާއަކީ ބޮޑެތިކުށްތައްވެސް ހިމެނޭ ގޮތަށް ކުށްތަކުގެ ބޮޑެއްކަން ކުރިއަކުން އެއްވެސް ތަހުގީގީ އިދާރާއަކުން އަންގާފައި ނުވާ ކަމަށްވެސް ހަނަފީ ވިދާޅުވެފައި ވެއެވެ.

އަދި މިފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ޤާނޫނާ ޚިލާފުވާ ބިދޭސީން ހައްޔަރު ކުރުމަށްފަހު ތަޙްޤީޤު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އިމިގްރޭޝަނުން ދެބިދޭސީއަކު ޑީޕޯޓް ކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހުއެވެ. އެއީ އަބޫޙަނީފްގެ އިތުރުން ޝަފީޤުލް އިސްލާމް(މާސްޓަރ) ކިޔާ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ ޤަވާއިދާ ޚިލާފުވާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރާއިރު، އެމީހުންނާ ގުޅިފައިވާ މޫތައް ހޯދަން ޖެހޭނެ ކަމަށެވެ.

އަދި އެމީހުންނާ ގުޅިފައިހުރީ ކޮން ކޮން ދިވެހިންނެއްތޯ ބަލާ ފުރިހަމަ ތަޙްޤީޤެއް ހިންގަން ޖެހޭ ކަމަށާއި މިހާރު އެފުރުސަތު ގެއްލިފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. ތަޙްޤީޤަކާ ނުލާ ދެބިދޭސީން ޑީޕޯޓްކޮށްލުމުން ވަރަށް ގިނަ ފަރާތްތަކުން އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައިވެސް ވާހަކަ ދެއްކިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އެފަދަ ކަންކަމުގައި ތަހުގީގުކުރުމަކީ ފުލުހުންނަށް ޤާނޫނުން ލާޒިމު ކުރާ ކަންކަންކަމަށެވެ.


މި ސަރުކާރު އައި ފަހުން މި ފަދަ ބޮޑެތި ކަންކަން ޤައުމުގައި ހިނގާ އިރުވެސް ޒިންމާ ނަގާނެ ފަރާތެއް ނުވާކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި މި ސަރުކާރުގައި ހިނގާ ކަންކަމުގެ ޒިންމާވެސް ނަގަން ޖެހިފައިވަނީ ކުރީގެ ރައީސް ޔާމީނުއަށެވެ.

އެހެންކަމުން ގިނަ ބަޔަކު ބުނަމުން އަންނަނީ މި ސަރުކާރުގައި ތިބީ ޒިންމާ ނަގަން ކެރިވަޑައި ނުގަންނަވާވާރުގެ އެހެން ނަމަވެސް ބޮޑެތި މަޤާމުތަކަށް ދަހިވެތި ވެފައިވާ ބޭފުޅުން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...