މުސްޠަފާގެ މަލާމާތް މި ސަރުކާރަށް އަމާޒުވެއްޖެ

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްޠަފާގެ މަލާމާތް މި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެއްޖެއެވެ.

ދުނިޔޭގެ ހިތުގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއް ރިޓްވީޓުކޮށް، ލިޔެފައިވާ ޕޯސްޓެއްގައި މުސްތަފާ ވިދާޅުވީ ގިނަ ރައްޔިތުންނެއްގެ ހިތް ނެތް ކަމަށެވެ.

އަދި އެ ރައްޔިތުންގެ ހިތް ހަލާކުވެ، ފަރުވާއެއް ނެތް ބައްޔަކަށް ވަމުން ކަމަށެވެ. އަދި ކަންކަން ދަނީ ދުވަހަކުވެސް ހީނުކުރާ ގޮތަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މުސްޠަފާ އިތުރަށް ވިދާޅުވެފައިވަނީ ވަރަށް ފޮނި އުއްމީދުތަކާއެކު ގަހެއް އިންދި ކަމަށާ ނަމަވެސް މޭވާ އަޅާ ފުރުނު ފަހުން ގަސް މުލުން އުފުރާލާ ވަގަށް ގެންގޮއްސި ކަމަށެވެ.

އަދި ރައީސް ޞޯލިހަށް އަމާޒުކޮށް ވިދާޅުވީ ސޯލިހުބެ ބުނެފައިވަނީ ކިތަންމެ ސޯލިހަސް ކަންކަން ނިންމަނީ ތިމަން މަނިކުފާނު އެކަނި ނޫންކަމަށް ކަމަށެވެ. އަދި މޭވާ އާއެކު ގަސް ވެސް ބަޔަކު މީހުން ވަގަށް ނަގައިފކަމަށް ޞޯލިހު ވިދާޅުވި ކަމަށް ވެސް މުސްޠަފާ ވިދާޅުވެފައިވެއެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ ގަސް ވަގަށް ނެގި މީހުންގެ އެޖެންޓެއް ކަމަށް ރައީސް ޞޯލިހު އިއުތިރާފު ވެވަޑައިގެންފައިވާ ކަމަށެވެ. މި ފަދަ މޭރުމަކުން މުސްތަފާ ޓްވީޓުކޮށް އަދި ފޭސްބުކުގައި ލިޔެފައިވާއިރު މުސްޠަފާގެ މި މަލާމާތާ ފާޑުކިޔުމުގެ ބަސްތައް ރައްދުކޮށްފައިވަނީ މި ސަރުކާރަށް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން މޭވާ އަޅާފައިވާ ގަހުގެ ގޮތުގައި އިޝާރާތް ކުރައްވާފައިވަނީ ސަރުކާރުގެ ކެބިނެޓަށް ކަމަށާ އަދި ގަސް ވަގަށް ނެގި ކަމަށް ތުހުމަތު ކުރައްވާފައިވަނީ މަޖިލިސް ރައީސަށް ކަމަށް ވެސް ސިޔާސީ މަޞްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސަރުކާރު ފެއިލްވެފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމަކުން މުޞްތަފާ ވާހަކަ ދައްކަވާފައިވާއިރު، ރައީސް ޞޯލިހުގެ ސަރުކާރު އިސްތިއުފާ ދޭން ވެއްޖެ ކަމަށް ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ސަބަބެއް ކަމަށް ރައްޔިތުން ބުނަމުން ގެންދަނީ އެއް އަހަރު ވާން ގާތް ވެައިވާ އިރު، ފާސްކުރި ބަޖެޓު ވީނުވީ ނޭނގި ހުސްވެ އަދި ސަޕްލިމަންޓްރީ ބަޖެޓުވެސް ހުސްވުމާ ގާތަށް ޖެހިފާވާއިރު ރައްޔިތުންނަށް މި ސަރުކާރުން ކޮށްދިން ކަމެއް ނެތުމުން ކަމަށެވެ.

ރައީސް ޞޯލިހު ޤައުމުގެ ވެރިކަމާ ހަވާލު ވެވަޑައިގެންނެވި ފަހުން އަދި މި ޤައުމުގައި ތަރައްޤީ އެއްވެސް މަޝްރޫއެއް ފެށިފައި ނުވާ ކަމަށް އިޤްތިޞާދީ ގޮތުން ޤައުމުގެ މަޞްރަހު ދިރާސާ ކުރާ ފަރާތްތަކުންވެސް އަންނަނީ ބުނަމުންނެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...