މާލޭގައި ބައެއް މަގުތައް އެއް ކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސައިފި

މަލޭގެ ބައެއް އެއްކޮޅަށް ދުއްވާ މަގުތަކަށް ބަދަލު ގެނެސް މިއަދުން ފެށިގެން ގެނެސްފައިވާ ބަދަލާ އެއްގޮތަށް އަމަލުކުރަން ފަށާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ބައެއް މަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. އެ ބަދަލުތައް ގެނައުމަށް ހުށަހަޅައިފައި ވަނީ މާލެ ސިޓީ ކައުންސިލުގެ މެންބަރު އަހުމަދު ޒަމީރެވެ.

އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި ގިނަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މާލެ ސިޓީ ކައުންސިލުން އެއްކޮޅަށް ދުއްވާ މަގުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އަލިކިލޭފާނު މަގު ވަނީ ދެކުނުން އުތުރަށްް ދުއްވާ ވަންވޭއަކަށް ބަދަލުކޮށްފައެވެ.

ހުސްނުހީނާ މަގު ބަދަލުކޮށްފައި ވަނީ އުތުރުން ދެކުނަށް ދުުއްވާ މަގަކަށެވެ. އަދި ދަރުމަވަންތަ މަގުގައި ދުއްވޭ ގޮތަށް ހަމަޖައްސައިފައި ވަނީ ދެކުނުން އިރަށެވެ. މީގެ އިތުރުން ހުސްނުހީނާ މަގާއި ނޫރާނީ ގޯޅިއާއި ދެމެދު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައިވެއެވެ.

އަދި ލިލީ މާގާއި ތުއްތު ހިނގުން މަގާއި ދަރުމަވަންތަމަގާއި ދޭތެރޭގައިވެސް މިހާރު ދެކޮޅަށް ދުއްވޭނެއެވެ. މީގެ އިތުރުން ހިލާލީ މާގާއި އަމީނީ މަގާއި ދޭތެރޭގައިވެސް ވަނީ ދެކޮޅަށް ދުއްވޭގޮތަށް ހަމަޖައްސައިފައެވެ.

މާލޭގެ މަގުތަކަށް ގެނައި ބަދަލުގެ އިތުރުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ މަޝްވަރާކޮށްފައެވެ. މި ސަރުކާރު އައި ފަހުން މުޅިން ވެސް ފެނިގެން ދަނީ ކޮންމެވެސް ތަނެއްގެ ނަން ބަދަލުކުރުން ނުވަތަ ކޮންމެވެސް މުއައްސަސާއެއްގެ ޒިންމާތައް އެހެން މުއައްސަސާއަކަށް ބަދަލުކުރުން ނުވަތަ ކޮންމެވެސް ޤާނޫނަކަށް ނުވަތަ ޤަވާއިދަކަށް ބަދަލުގެންނަން މަސައްކަތް ކުރާ މަންޒަރެވެ.

ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ކުރާ މަންޒަރެއް ނުފެނެއެވެ. އަދި ރައީސް ޞޯލިހު ހުވާ ކުރެއްވިތާ 24 ގަޑިއިރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ކުލަ ބަދަކުރަން ފެށި މާލޭގެ މަގުތަކުގެ ކަފިހި ހުރަސްތަކާ އަދި ސްޕީޑް ބްރޭކަރ ތަކުގެ ކުލަ ބަދަލުކުރުމުގެ ބިޔަ ބޮޑު ޕްރޮޖެކްޓުވެސް ވަނީ ހުއްޓިފައެވެ.

ސަބަބެއް ކަމުގައި ސިޓީ ކައުންސިލުން ބުނީ ކުލަ ހުސްވެގެން ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...