އެންމެ ބޮޑު ތަރައްގީ އަކީ ފަނޑިޔާރުން އިންސާފުން ހުކުމް ކުރުން: އިޔާޒު

އެންމެ ބޮޑު ތަރައްގީ އަކީ ފަނޑިޔާރުން އިންސާފުވެރި ކަމާއިއެކު ހުކުމް ކުރެއްވުން ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް "ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގެ ނަމުގައި ބަނޑޮސް އައިލެންޑް ރިސޯޓްގައި ރޭ ފެށި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަދުލު އިންސާފަށް ވާސިލުވުން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ޓަކައި ގެންނަން ޖެހޭ ތަރައްގީތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވުމާއި ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ބޮޑު ތަރައްގީ އަކީ ފަނޑިޔާރުން އިންސާފުވެރި ކަމާއިއެކު ހުކުމް ކުރެއްވުން ކަމަށާއި، އަދި އޭރަކު އެންމެ ބާރު އޮތް ކޮޅަކަށް ރަނގަޅު ވާނެހާ ގޮތަށް ހުކުން ނެރުއްވުން ހުއްޓަވާލެއްވުން ކަމަށެވެ.

އެގޮތުން އިއްޔެ ކުރެއްވި ހުކުމް އޭގެ ދުވަސް ގަނޑެއްގެ ފަހުން އަމިއްލަފުޅަށް އެހެން ގޮތަކަށް ބަދަލު ކުރަން ނުޖެހޭ ގޮތަކަށް އަމަލު ކުރެއްވުން މުހިއްމު ކަމަށް އިޔާޒު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކައަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، އެންމެ ބޮޑު ތަރައްގީ އަކީ ފަނޑިޔާރުން އިންސާފުވެރި ކަމާއިއެކު ހުކުމް ކުރެއްވުން ކަމަށާއި، އޭރަކު އެންމެ ބާރު އިތް ކޮޅަކަށް ރަނގަޅު ވާނެހާ ގޮތަށް ހުކުން ނެރުއްވުން ހުއްޓަވާލެއްވުން ކަމަށެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވަނީ އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރުމަށް ޓަކައި ކުރަން ޖެހޭ ބައެެއް ކަންތައްތައް ވެސް ސިމްޕޯޒިއަމްގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ.

އެގޮތުން އަދުލު އިންސާފު ހޯދަން އަންނަ ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތް ފަހި ކޮށްދިނުން އަދި ޝަރީއަތުގެ މަރުހަލާގެ ތަކުލީފު ކުޑަކުރުމުގެ އިތުރުން މައްސަލަތައް އަވަަހަށް ނިންމުމަކީ ހުކުމްތައް އަވަހަށް އަދި ފުރިހަމައަށް ތަންފީޒު ކުރުމަކީ ކުރަން ޖެހޭ ކަންތައްތައް ކަަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު އެކަން ހާސިލުކުރުމަށް ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތެރެއިން ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ.

އަދި އެ ބޭފުޅުން ބޭނުންވާ ގޮތަށް ހުކުމުތައް ނެރުމަށް ސުޕްރީމު ކޯޓުގެ ތެރެއިން މަގުތައް ކޮށަމުން ދާ ކަމަށް ގިނަބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން ދާދިފަހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އަބްދުﷲ ދީދީ ވަނީ މަޖިލީހުން ވަކިކޮށްފައެވެ.

އަދި ސުޕްރީމް ކޯޓުގައި ތިއްބެވި އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ޖޭއެސްސީން މިހާރު ވެސް އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން އެ ކޯތަށް އަންހެން ފަނޑީޔާރުންވެސް ވަނީ އައްޔަނުކޮށްފައެވެ.

އެއީ ދިނާ ޚިލާފުކަމެއް ކަމަށް ގިނަ ދީނީ އިލްމުވެރިން އިއްތިފާގުވެސް ވެފައިވަނިކޯށް އެ ބޭފުޅުންގެ ބަހަށް ގޮން ޖަހާ މި ސަރުކާރުންވަނީ ދީނާ ޚިލާފު އެކަން ވެސް ކުރައްވާފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...