ދަރުމަވަންތަ ހޮސްޕިޓަލު ޤައިމުކުރީ ނަމާދުކުރަން ޚާއްޞަ ކޮޓަރިތަކަކާއެކު: މުއިއްޒު

ދަރުމަވަންތަ ހޮސްޕިޓަލު ޤާއިމުކުރިއިރުވެސް ނަމާދުކުރަން ޚާއްޞަ ކޮޓަރިތަކެއް ހުންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ދަރުވަމަންތަ ހޮސްޕިޓަލުގައި ނަމާދު ކުރެވޭނެ ގޮތަށް ނަމާދު ކޮޓަރިތައް ހަމަޖައްސައިފިކަމަށް އެ ހޮސްޕިޓަލު މެނޭޖުކުރާ އައިޖީއެމްއެޗުން އަންހެނުންނަށާއި ފިރިހެނުންނަށް ހާއްސަ ދެ ނަމާދު ކޮޓަރި ދަރުމަވަންތަ ހޮސްޕިޓަލުގެ ފަސްވަނަ ފަންގިފިލާގައި މިހާރު ހުޅުވިފައި ހުންނާނެކަމަށް ހާމަކުރުމުން އެ ކަމަކަށް ރައްދު ދެއްވާ ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ފަސްވަނަ ފަންގިފިލާގައި އންހެނުންނަށް ވެސް އަދި ފިރިހެނުންނަށްވެސް ނަމާދުކުރަން ޚާއްޞަކޮށް ދެ ކޮޓަރި ޤާއިމުކުރެވިފައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހުންނާނެ ކަމަށެވެ.

ރައީސް ޔާމީންއަށް ޝުކުރު އަދާކުރައްވާ ޑރ.މުއިއްޒު ޓްވީޓުގައި ހިއްސާ ކުރެއްވި ފޮޓޯއިންވެސް ފެނިގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ކުރަމުން ދިޔައިރުވެސް އެ ތާނގާ ނަމާދުކުރުމަށް ދެ ކޮޓަރި ޚާއްޞަކޮށްފައިވާކަން އެ ފޮޓޯއިންވެސް ހާމަވެގެން ދެއެވެ.

ކަން މިހެން ހުރިއިރު ޤައުމަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީގެ އެކި އެކި މަޝްރޫޢުއަކީ ތިމާމެން ގެނެސްދިން ތަރައްޤީކަން ދެއްކުމަށް ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

އަދި ރައްޔިތުންނަށް ގިނަ އޮޅުވާލުން ތަކެއް އޮޅުވާލަން މަސައްކަތް ކުރަމުން މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ގިނަ ރައްޔިތުން ތުހުމަތު ކުރަމުން ދެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރި ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ހަދާފައި ވަނީ، އައިޖީއެމްއެޗްގައި ހުންނަ އިމަޖެންސީ ފަރުވާ ދޭ ޑިޕާޓްމަންޓުން ނުކުމެގެން ހިނގާ މަގަކުން އެ ހޮސްޕިޓަލްގެ ތެރެއަށް ވަދެވޭ ގޮތަށެވެ.

ޒަމާނީ ފެންވަރަށް ޞިއްހީ ފަރުވާ ލިބޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ އެ ހޮސްޕިޓަލަކީ 140 މިލިއަން ޑޮލަރުގެ އަގު ބޮޑު 25 ފަންގިފިލާގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގެ ބައެއް ފަންގިފިލާތަކުގައި މިހާރު ހިދުމަތް ދޭން ފަށާފައިވާއިރު، އައިޖީއެމްއެޗްގައި ކުރިން ދެމުން ދިޔަ ބައެއް ހިދުމަތްތައް ވެސް ވަނީ އެ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ނަމަވެސް އަދިވެސް މި ހޮސްޕިޓަލު ރަސްމީކޮށް ނުވާކަން ފާހަގަކޮށްލެވެއެވެ.


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...