ނުފުއްދޭވަރުގެ ވައުދުވުން މިހާރު ހުއްޓަލަން އެބަ ޖެހޭ: ސަޢީދު

ކޮންމެ ސަރުކާރެއް އަޔަސް ރައްޔިތުންނަށް ރައްޔިތުންނަށް ނުފުއްދޭ ފަދަ ވައުދުތައް ވުން ހުއްޓާލަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކު މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޮޅުވާލި ވޯޓުން ރައްޔިތުންނަށް ވީ ފައިދާއަކީ ކޮބައިގެ ނަމުގައި ޗެނެލް13އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައްޔިތުން ސަރުކާރެއް ހޮވާފައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުލަކު އައްޔަން ކުރައްވާފައިވަނީ ބޭނުމަކު ކަމަށެވެ.

އަދި ވެރިކަމަށް އައުމަށް ޓަކައި ރައްޔިތުންނަށް ވެވަޑައިގެންނަވާ ވައުދު ތަކަކީ އެބަޔަކަށް ފުއްދައި ދެވޭނެ ފަދަ ވައުދުތަކަށް ވާން ޖެހޭ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް ނުފުއްދޭވަރުގެ ވައުދުވުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގެން ކަމަށާ އަދި އެމަނިކުފާނު ވެރިކަމުގެ ދައުރު ނިންމަވާ ވަޑައިގެންނެވީ އެ ވައުދުތައް ރައްޔިތުންނަށް ފުއްދަވާ ދެއްވައިފައިކަމަށެވެ.ސައީދު ވިދާޅުވީ މިއަދު މި ޤައުމުގެ އިޤްތިޞާދު އޮތީ ވަޅުގަނޑަކަށް ވެއްޓިފައި ކަމަށާ މި ޤައުމުގެ އިޤްތިޞާދީ ތަރައްޤީ އެންމެ ބޮޑަށް އެންމެ ރަގަޅަށް ފެނިގެން ދިޔައީ ރައީސް ޔާމީންގެ ޒަޢާމަތުގައި ކަމަށާ ރައީސް ޔާމީނަކީ މި ޤައުމުގެ ތާރީކުގައި ފެނިގެން ދިޔަ އެންމެ ހީވާގި އެންމެ ހިންގުންތެރި ވެރިޔާ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން މިޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި ޤައުމު އޮތީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު އަނދިރި ކަމެއްގެ ތެރޭގައެވެ. ނަމަވެސް ރައީސް ޔާމީން ޤައުމުގެ ވެރިކަމާ ހަވާލުވެގެން ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދާ ދެއްވާ ވެރިކަމުގެ ދައުރު ފުރިހަމަ ކުރައްވާ ވަޑައިގެންނެވީ ރައްޔިތުންނަށް މޫނަށް ހިނިތުންވުން ގެނެސް ދެއްވާފައެވެ.

ނަމަވެސް ރައީސް އިބްރާހިމު މުހައްމަދު ޞޯލިހު މި ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމުގެ އިްތިޞާދު އިހު އޮތް ދަރަޖައަށް ވެއްޓިއްޖެއެވެ. ޤައުމުގެ ބަހެޓު އަހަރެއް ނުވަނީސް ވީނުވީ ނޭނގި ހުސްވެއްޖެއެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކުގެ ބައިކުޅަ ބައިވެސް ފުއްދިފައި ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...