ހުޅުހުކުރަށް އެއް ހަފްތާ: ރައްޔިތުންގެ ހާލަތަށް ބަދަލެއް ނާދޭ

ހ.ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އެތައް ބައެއްގެ ދިރިއުޅުން ހުއްޓުމަކަށް އައެވެ. މީގެ ހަފްތާއެއް ކުރިން ހިނގި އެ ހާދިސާގައި އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި އުއްމީދުތައް އަދާ އަޅިއަށް ވެގެން ދިޔައެވެ. ދިރިއުޅުން އާރާސްތުކުރުމަށް ކުރަމުން އައި ބުރަ މަސައްކަތުގައި ފުލުސްޓޮޕް ޖެހުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

އަނބިންނާ ފިރިންނާ ދަރިންނާ އެކު އުފާވެރި ދިރިއުޅުމެއް ހޯދަން ކުރަމުން އައި މަސައްކަތުގެ ހުޅުކޮޅު ނިވި މުޅި ހަޔާތް އަނދިރި ވެގެން ދިޔައީ ގުދަނެއްގައި ރޯވި ބޮޑު ހުޅާއެކުއެވެ. ގ. އަބަދަށް ފެހި މަގާ އަދި އިންވެގެން ހުރި ބައެއް ގޯޅިތަކަށް ހުޅުގެ ސަބަބުގެ އަލިވެގެން ދިޔަޔަސް އެ ހުޅު ވެގެން ދިޔައީ އެތައް ބައެއްގެ ދިރިއުޅުން އަނދިރި ކޮށްލި އަލިފާނަކަށެވެ.

ސެޕްޓެމްބަރު ވިހި ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ސަތޭކައަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިގެން ރަޖިސްޓްރީ ވެފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީން މައުލޫމާތު ދިފައިވެއެވެ. އެއިން ކޮންމެ މީހަކީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތި އުނު އޮރިޔާން ހިޔާކޮށްލާނެ ފޭރާމެއްހާ މިންވަރުވެސް އެ ވަގުތު ނެތް މީހުންނެވެ.


ބަނޑު ފުރާ މުއްތި ކުރާނެ އެއްވެސް ވަޞީލަތެއްވެސް ނެތި މަގުމަތީގައި އެމީހުން ގަނޑިތައް ގުނަމުން ދިޔައީ ސަރުކާރުން އެމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ އިރެއްގެ އިންތިޒާރުގައެވެ. އަލިފާން ހިނގިތާ ހަތަރު ވަރަކަށް ގަޑި އިރުފަހުން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލު ހަމަޖެއްސިއެވެ. ނަމަވެސް އެ ނަސީބު ވެސް ލިބުނީ ވަކި ބަޔަކަށެވެ.

ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރެއިން ބައެއް މީހުންނަށް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހި ސަރުކާރުގެ އެއް މުއައްސަސާއިން އަނެއް މުއައްސަސާއިން ކަންކަން ހަމަޖެހުމަށް ދުވަން ޖެހުނެވެ. ނިކަމެތި ވެފައި ތިބި ހާލު އެރައްޔިތުން ސަރުކާރުގެ އެއް މުއައްސާގެ ދޮރުބުޑުން އަނެއް މުއައްސަސާގެ ދޮރު ބުޑަށް ދުވެ ދުވެ ތިބީ ސަރުކާރުން އެމިހުންނަށް އެހީގެ އަތެއް ދިއްކޮލާނެ ބަޔަކު ވޭތޯއެވެ.

ނަމަވެސް އެ ހާދިސާއަށް ހަފްތާއެއް ވެގެން ދިޔައިރުވެސް އަދިވެސް ދިރިއުޅުމުގައި ދާއިމީ ހައްލެއް އެއިން އެއްވެސް އާއިލާއަކަށް ލިބިފައި ނެތެވެ. އަދި ދާއިމީ ހައްލު ނުލިބިގެން ބައެއް މީހުން ތިބި އިރު އަދި ވަގުތީ ހައްލެއްވެސް ނުލިބި ތިބި މީހުންގެ އަދަދު މަދެއް ނޫނެވެ.

ސަރުކާރުގައި އެ ޤާބިލުކަން ނެތީ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދެއެވެ. ނަމަވެސް ސަރުކާރުގައި ޤަބިލުކަން ނެތަސް ވިހި ސައުވީސް މީހުން ގޮވައިގެން ތަގުރީރުކުރަން ޤައުމުގެ ވަލިއްޔުލް އަމުރަށް އެބަ ވަޑައިގެންނެވޭތާއެވެ.

ކޮންމެ އަކަސް ހިނގި އެ ނުރައްކާތެރި ހާދިސާއަށް ހަފްތާއެއް ވެގެން ދިޔައިރު އަދިވެސް ހާލުގައި ޖެހުނު ރައްޔިތުން ތިބީ ހަމަ ވަރަށް ހާލުަގއެވ. ވަގުތީ ބޯހިޔާ ވަހި ކަމުގައި ތިބި އިރު ކެއިން ބުއިމަށް ބޮލަކަށް ސަރުކާރުން ދެނި ދުއިސައްތައެއް ހާ ރުފިޔާއެވެ. އެއީ ދުވާލަކަށެވެ.

ކެއިން ބުއިމުގެ ކަންކަން ދުއިސއްތަ ރުފިޔާއިން މުޅި ދުވަހަށް ހަމަ ޖައްސާނީ ކިހިނަކުން ބާއޭ ހިތަސް އަރައެވެ. ޖަޒީރާ ރާއްޖެއަށް ބަޔަކު ގެނެޔަސް ތަކެތީގެ އަގު ދަށެއް ނުޥޭ ވިއްޔާއެވެ. ދުއި ސައްތަ ރުފިޔާއިން މުސްކުޅިން ބުނެ އުޅޭހެން ބޯވައެއްވެސް ނުނެގޭނެއެވެ.

ދެން އޮތީ ލާން ގެންގުޅުނު އަންނައުނުގެ ވާހަކައެވެ. ހާލުގައި ޖެހުނު މީހުންގެ ތެރޭގައި އޮފީސްތަކުގައި ވަޒީފާއަދާ ކުރާ ފަރާތްތައް އުޅއިރު އެމީހުންގެ އުނު އޮރިޔާން ހިޔާ ކޮށްލަން ކާނެ ހެޔޮވަރު ހެނދުމެއް ހާ މިންވަރުވެސް ނެތެނެވެ.

ނަމަވެސް އެންޑީއެމްއޭއިން ބުނެފައިވަނީ ހާލުަގއި ޖެހުނު ކޮންމެ ރައްޔިތަކަށްވެސް އެހީތެރިވެދެ ކަމަށެވެ. މިކަން އޮތް ގޮތް ބަލަލިއިރު އެއީ ވަކި ފޯމެއް ފުރާ ވަކި އުޞުލެއްގެ ތެރެއިން އެކަންކަން ކޮށްފައިވާ ނަމައެވެ.

ނަމަވެސް މިފަދަ ހާލަތެއްގައި ތިބި ބަޔަކަސް އެއް ތަނުން އަނެއްތަނުން ފޯމު ފުރަމުން ދުވުމަކީ ފަސޭހަކަމަކަށް ވާނެބާއެވެ؟

އެހެންކަމުގައި ވަނީ ނަމަ ފޯމު ފުރާ ތައްގަޑު ޖަހާ ހަދަން ކަނޑައެޅު އެ ޤަވާއިދަކީ އެއީ ހާލުގައި ޖެހުނު މީހުން އިތުރަށް ހާލުގައި ޖައްސާ ނިކަމެތިކުރަން އެކުލަވާލި ޤަވާއިދެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައްޔިތުންގެ ކަންކަން ކައިރިން ބައްލަވާ އެ ރައްޔިތުންގެ ހާލަތު ބަދަލުކޮށްދެއްވާނެ ކަމަށާ އެ ރައްޔިތުންނަށް އެހީވާން ހުޅުވާލި ފަންޑު ފޮށިތައް ބަންދު ކުރަން ރައީސް އިބްރާހިމު މުހައްމަދު ޞޯލިހު ވިދާޅުވިއެވެ.

ނަމަވެސް ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ހަފްތާއެއް ވެގެން ދިޔައިރު ވެސް ތި ވިދާޅުވާ ސަރުކާރު އަދި ދެލޯ ރަގަޅަށް ނުހުޅެވެއެވެ. ހާލުގައި ޖެހުނު މީހުން ގަނަ ތެޅެނީއެވެ.

32 ބިލިއަނެއް ކައި ހުސްކޮށްލިއިރު ރައްޔިތުންނަށް ބައި ރުފިޔާއެއްވެސް ހޭދަ ނުކުރެވުނު ބަޔަކަށް އަދި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެހީ ވެދެވިދާނެ ކަމަށް ބުއްދި ހަމަ ޖެހޭ މީހަކު ޤަބޫލު ނުކުރާނެ ކަން ކަށަވަރެވެ.

ކޮންމެ އަކަސް ކަން މިހެން އޮތްއިރު އަލިފާނުގެ ހާދިސާގެ ޒިންމާ ވެސް ނަގަން ޖެހުނީ އާއްމު ރައްޔިތުންނަށެވެ. އަހަނ ވާނީވެސް އެހެންތާއެވެ. ޕްލޭނިން މިނިސްޓަރް ވިދާޅުވެފައިވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ދައުލަތް ކަމަށާ ދައުލަތަކީ ރައްޔިތުން ކަމަށެވެ.

އެހެންކަމުގައިވަނީ ނަމަ ރައްޔިތުން ކީއްކުރަން ހޮވާފައި ހުރި ވެރިއެއްބާ؟ ރައްޔިތުންނަށް ފެންނަ ގޮތަކަށް ޤައުމު ހިންގީމާވެސް އެހެންނަމަ ރަގަޅުވާން ޖެހެނެތާއެވެ؟

ކޮންމެ އަކަސް ހުޅުހުކުރުގެ އެ ނުރައްކާތެރި ހާދިސާއަށް އެއް ހަފްތާވީއެވެ. ހާލުގައި ޖެހުނު ރައްޔިތުން ހަމަ އެ ޙާލެއްގައެވެ. ޤައުމުގެ ރައީސް ރިކޯޑެއް ހައްދަވަން އެމެރިކާގައެވެ. ބަންޑަރަ ނައިބު ރޭސިން މުބާރާތެއް ބައްލަވަން ސިންގަޕޯގައެވެ. މަޖިލިސް ރައީސް ޗުއްޓި ދަތުރުފުޅެއްގައި ލަންޑަންގައެވެ. ނިކަމެތި ރައްޔިތުން ހަނާ ހުނި ވަނީއެވެ. ވެރިން ބިރަކާ ނުލާ މަޖާކުރުމުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...