ތިމާމެން ފޭހުނު އިލޮށި ތިމާމެންގެ ލޮލަށް ހެރި ނިމިއްޖެ

ސޫރަތުއް ރައުދުގެ އެގާރަ ވަނަ އާޔަތާ އޭގެ މާނައިން ތިޔަ ބޭފުޅުންނަށް ދޭހަވަނީ ކޮންކަމެއްތޯއެވެ؟ ހަމަ ގައިމުވެސް މިއަދު މި ރާއްޖެ މިއޮތް ހާލަތާ ވަރަށް ބޮޑު ގުޅުމެއް ވާކަން ޔަގީނެވެ.


ހިނގާށެ މަށާ އެކީ މީލާދީ ގޮތުން 2013 ވަނަ އަހަރަށް ހިނގާށޭ އޭރުގެ އެ ރަން ޒަމާން ހަނދާނަށް ގެންނަމާ ދެއްތޯ


އާދެ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މީޤައުމުގެ ވަލިޔުއްލު އަމުރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެން 4 ލައްކަ އަކާ ކައިރި ކުރާ އާބާދީގެ ބެލެނިވެރި ފަރާތްކަމުގެ ޒިންމާ ނަންގަވައިގެން މި ޤައުމުގެ ނައުގެ ހުންގާނުގައި ހިއްޕެވީ މއ.ކާމީނީގެ ހުޅަނގުބައި، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

އެމަނިކުފާނު މިޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު މި ޤައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ގައުމުގެ އިޤްތިޞާދު އޮތީ ބޮޑު އަދަވަޅެއްގެ ތެރޭގައެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން އޮތީ އެތައް ތަނަކުން ވީދި ކުދި ކުދި ވެފައެވެ.

ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ޤައުމުގެ ކަންކަން ހަމަ މަގަށް އަޅުއްވާ ދެއްވާ، މި ޤައުމު ޖުމްހޫރިއްޔަތުގެ ދިގު މާޒީގައިވެސް ނުދެކޭ ފަދަ ތަރައްޤީ އާ ތަމައްދުނު މި ޤައުމަށް ގެނެސްދެއްވިއެވެ. އަދި އެކަން ކަން  ބަޔަކަށް ހަޖަމު ނުވެގެން ދިޔަ މަންޒަރުވެސް ފެނިގެން ދިޔައެވެ.

އަދި އެމަނިކުފާނާ އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި ތަފާތު އެކި އިލްޒާމު އަޅުއްވަމުން ގެންދެވިއެވެ. އެގޮތުން ބަލާއިރު ވައްކަމުގެ ތުހުމަތާ މީހުންގެ މަރުގެ އިލްޒާމުތަކާ އަދިވެސް އެފަދަ ނޭއްގާނީ ކިތަންމެ ލަދުހުތުރު އިލްޒާމުތައް ރައީސް ޔާމީން ގެ އިސްތަށިފުޅުގައި އަޅުއްވާ އެތައް ދޮގުތަކަކާއެކު އެތައް ބަދުނާމުތަކެއް ބައެއްގެ ބޮލުގައި އަލޫވައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވަގަށް ނަގާ އެމްޑީޕީން ތަޚުތަށް ވެރިވެގަތެވެ.

މީހެއްގެ ބޮލުގައި ވަގު ބަދުނާމު އަޅުވައިގެން ވެރިކަން ފޭރިގަނެ އޮޅުވާލުމުގެ ތެރެއިން ބަޔަކު ދޫކުރި ހިބަރު ވަދުތަކެއްގެ އެހީގައި މިހާ ތަނަށް ރިޔާސީ އިންތިޚާބަކުން އެއް ބުރުން ބަޔަކށް ލިބުނު އެންމެ ގިނަ ވޯޓު ޕަސެންޓް އެމީހުންނަށް ލިބިގެންދިޔައެވެ.

ދެން ބުނަން ފެށީ ޤައުމުގެ ކަންކަން ކުރަން ފަސޭހަވާނީ މަޖިލީހުގެ މެޖޯރިޓީވެސް އޮވެގެން ކަމަށެވެ. ކޮރަޕްޝަނާ ރިޝަވަތުގެ އެހީގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް އެމީހުންނަށް ލިބިގެން މިހާތަނަށް އެއް ޕާޓީއަކަށް ލިބުނު އެންމެ ގިނަ ގޮނޑިއާއެކުއެވެ.

ނަމަވެސް އެބުނާ ބިޔަ ބޮޑު ސުޕަރ މެޖޯރިޓީގެ ހަގީގަތަކީ އެ 64 ހަތަރު ގޮނޑިއަކީ ވޯޓުލީ ރައްޔިތުންގެ 38 އިން ސައްތައެވެ. އެހެންކަމުން ރައްޔިތުންގެ މެޖޯރިޓީ އެމީހުންނަށް ނުލިބޭކަމީ ކަށަވަރުކަމެކެވެ.

އެ މެޖޯރިޓިއާ އެކު ވެރިކަމުގެ ބާރުގައިވެސް ތިބީ އެމީހުންނެވެ. ޤާނޫނު ހެދުމުގެ ބާރުގައި ވެސް އެމްޑީޕީ މީހުން ތިބިއިރު ވެރިކަމަށް އަހަރަކާ ގާތަށް ޖެހިލާފައިއޮތް މި ސަރުކާރުގެ ހާލަތަށް ބަލާލަމާ ބަހީއެވެ.

މިވީހާ ތަނަށް ރައްޔިތުންނަށް ކަމެއް ކޮށްނުދެއްވުނު ތާނގާ ރައްޔިތުންގެ ލޯބިވެސް ނުހޯދުނެވެ. ކުރާ ކޮންމެ ކަމެއް އަތަށް ގޮވައިގެން ނޫނީ ނުނިމެއެވެ. މޮޅުތަކެއް ހޯދަން ކުރާ ކޮންމެ ކަމެއްވެސް ވަނީ އަތަށް ގޮވާފައެވެ.

އޭގެ އެންމެ ފުރަތަމަ ހެއްކަކީ ސުޕްރީމު ކޯޓުގެ ފަޑިޔާރު އަބްދުﷲ ދީދީ ފަލީހަތް ކުރާނަމޭ ހިތާ ޖުޑިޝިއަލް ސާވިސް ކޮމިޝަނުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޝަރީއަތެވެ. ނަމަވެސް ލައިވްކޮށް ކުރިއަށް ގެންދިޔަ އެ ޝަރީއަތުން ފެނިގެން ދިޔައީ ޖޭއެސްސީއިން ދައްކަމުން ދިޔައީ ދޮގު ވާހަކަތަކެއް ކަމެވެ.

އެ ޝަރީއަތުންވެސް ފަޟީހަތްވެގެން ދިޔައީ މި ސަރުކާރެވެ. އެމްޑިޕީން ހަދަމުން އައީ ދޮގުތަކެއްކަން ދެން ސާބިތުވެގެން ދިޔައީ ރާއްޖޭގެ ތަރައްޤީގެ ބާނީ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް މި ސަރުކާރުން ހިނގަމުންދާ އިންސާފުން ބޭރު ޝަރީއަތެވެ.

ރައީސް ޔާމީންގެ އަބުރު ކަތިލާނަމޭ ހިތާ ލައިވް ކުރި އެ ޝަރީއަތުގެ އަޑު އެހުންތަކުން ޕަބްލިކު ކޯޓުގައި ކާމިޔާބު ލިބިފައިވަނީ ރައީސް ޔާމީންއަށެވެ. ސަރުކާރުން ދައްކަނީ ރޯ ބުހުތާނު ދޮގުވާހަކަތަކެއްކަން އެ ޝަރީއަތުގެ އަޑު އެހުންތަކުންވެސް ވަރަށް ރަގަޅަށް ސާބިތުވެގެން ގޮސްފައިވެއެވެ.

ދެން އޮތީ މި ޤައުމުގައި ހިނގާފައިހުރި ވަރަށް ބޮޑެތި މަރުތަކާ އަދި ގެއްލިފައިވާ މީހުންގެ މައްސަލަތަކާ ރައީސް ޔާމީންއާ ގުޅުވައި އެމްޑީޕީއިން ދައްކަމުން އައި ވާހަކަތަކެކެވެ. އެގޮތުން ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމު އަލީގެ ޤަޠުލާ އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ގެއްލުނު ހާދިސާގައި ރައީސް ޔާމީންގެ އަތެއްވާކަމަށް މީގެ ކުރިން އެންމެ ބާރަށް ބުނަމުން އައީ މިއަދު މިސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ނަމަވެސް ރައީސް ޔާމީންގެ އިސްތަށިފުޅުގައި ބޮޑެތި އިލްޒާމުތައް އަޅުވާ މީހުންގެ މަރާ އެމަނިކުފާނާ މަތިކޮށް ހެދި މީހުންގެ ދުލުން އެމީހުންގެ ސަރުކާރުގައި މިހާރު ބުނަމުން މި ދަނީ ރައީސް ޔާމީނާ އެކަންކަން ގުޅުމެއް ނުވާ ވާހަކައެވެ.

އެހެންކަމުން ރިޕޯޓު ފެށުމުގެ ގޮތުން ގެނެސްދިން އާޔަތް ހަނދާނަށް ގެންނަމާތޯއެވެ. އަދި ހަމަ އެފަދައިން ކޮންމެ ރަށެއްގައި އެރަށުގެ މުޖުރިމުންނަކީ ބޮޑުން ކަމުގައި ލެއްވީމުއެވެ.

އެއީ އެތާނގައި، އެއުރެން މަކަރުވެރި ރޭވުންތައް ރާވައި އުޅުމަށެވެ. އެއުރެންގެ އަމިއްލަ ނަފްސު ތަކަށް މެނުވީ އެއުރެން މަކަރު ހަދާ ކަމުގައި ނުވެތެވެ. އަދި އެއުރެންނަކަށް އެކަމެއް ނުވިސްނެއެވެ. އެހެންކަމުން ﷲ ސުބުހާނަހޫ ވަޠަޢާލާގެ ކުޅަދުންވަންތަ ކަމާއެވެ. އެމީހުން އެމީހެއްގެ ބޮލުގައި ދޮގު އިލްޒާމު އެޅުވި މީހާއަކީ ކުށެއް ނެތް މައުސޫމު މީހެއް ކަން ސާބިތުވަމުން މިދަނީ ހަމަ އެ ތުހުމަތު އެޅުވި މީހުންގެ ވެރިކަމުގައެވެ. މިވަރުންވެސް އިބުރަތަކަށް ނުފުދޭތޯއެވެ؟ އަދި ވެސް ގައުމު މިއޮތް ހާލަތުން ޤައުމު ސަލާމަތް ކުރަން ތެދުވަން ނުވޭތޯއެވެ؟ އެހެންކަމަށް ވަނީ ނަމަ ސޫރަތުލް އަންޢާމްގެ 123 ވަނަ އާޔަތް ހަނދާން އާ ކޮށްލަދެމެވެ.

ދެން ވެސް ހަމަ ދެއަތް އުރާލައިގެން ތިބެން ވީ ހެއްޔެވެ. ޤައުމުގެ ހައްގުގައި މޭ އަޑައްނައަކަށް ދިއްކޮށްލައިގެން ނުކުންނަން ވީ ވަގުތު ޖެހިއްޖެއެވެ.


އަހަރެންގެ މޭ ޤައުމަށްޓަކައި އައްޑަނައަކަށް ދިއްކޮށްލުމީ


ފަހު ނޭވައަށް ދަންދެން މޮޓޯ ކަމުގައި ޚިޔާރު ކުރާނަމޭ.


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...