ޗައިނާއިން އަބްދުﷲ ޝާހިދަށް ލިބުނީ ފިނި ތަރުހީބެއް: މެމްބަރު ޝިޔާމް

- ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް -

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގަތުމުން ޗައިނާގެ ފަރާތުން އެމަނިކުފާނަށް މަރުހަބާ ދެއްނެވުމުގައި އެ ގައުމުގެ އިސް ބޭފުޅަކު ވަޑައިގެން ނެތްކަމީ ދެ ގައުމުގެ ހީނަރުކަން ދައްކުވައިދޭ ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަބްދުﷲ ޝާހިދުގެ ދަތުރުގެ ޕޮޓޯއެއް ހިއްސާ ކުރައްވާ ޝިޔާމް ވިދާޅުވެފައިވަނީ ޗައިނާގެ އިސް ބޭފުޅަކު ޝާހިދުގެ އިސްތިގުބާލުގައި ނެތުމުން އެނގިގެންދަނީ ދިވެހި ރާއްޖެއާއި ޗައިނާއާއި އޮތް ޙާރިޖީ ގުޅުން ކުޑަ މިންވަރު ކަމަށެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވެފައިވާ އިރު ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައީސް ޔާމީންގެ ދައުރުގައި ޗައިނާއާއި އެކު ގާތް ގުޅުންތަކެއް ގާއިމް ކުރި ހިސާބުން އެމްޑިޕީއަށް ނިސްބަތްވާ ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެންވެސް ސިނަމާލޭ ބްރިޖަށް ހަޖޫޖައްސަވާ ޗައިނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިކަމެވެ.

އެގޮތުން ދަރިންގެ ދަރިންނަށް ދާންދެން ބްރިޖް ގާއިމް ކުރުމަށްޓަކައި ނެގި ލޯނު ދައްކާ ޚަލާސް ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޗައިނާގެ ސަފީރު އެ ކަމުގެ ހަގީގަތް ހާމަކުރެއްވި ހިސާބުން އެމްޑީޕީ ބޭފުޅުން އަދި އަބްދުﷲ ޝާހިދުގެ އިތުރުން ރައީސް ނަޝީދުގެ އަޑު މަޑުވެގެން ދިޔައެވެ.

އަބްދުﷲ ޝާހިދު ބޭރުގެ ބޮޑެތި ގައުމުތަކާއެކު ޙާރިޖީ ގުޅުން ބަދަހި ކުރެއްވުމުގެ ނަމުގައި ގިނަ ދަތުރުފުޅުތަކެއް ކުރައްވަން ފެއްޓެވި ހިސާބުން ޗައިނާއަށް ވަޑާއިގަންނަވަނީ ކޮން އިރަކުތޯ އައްސަވާ ގިނަ ރައްޔިތުންގެ ފާޑުކިޔުންތަކެއް ސަރުކާރަަށް އަމާޒުވެގެން ދިޔައެވެ.

އެ ފާޑުކިޔުންތަކުގެ ޖަވާބުގައި ސަރުކާރުން އޭރު ވިދާޅުވީ ވަކި ތާރީޚެއް ދެއްވެން ނެތްކަމަށެވެ. އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑަގެންފައި މިވަނީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެ އަދި ޗައިނާގެ އިސްބޭފުޅުންގެ މެދުގައި އަދުގެ ސަރުކާރަަށް ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ގަރޭ 18 ސެޕްޓެމްބަރު 2019 - 08:51

    ނުކުޅެދުންތެރިކަން ހުންނަ ކުދިން މެދުވެރިކޮށް އޯޓިޒަމް ސެންޓަރުން ރާވާ މަކަރުވެރި ޖަރީމާތަށް ތިޔާ ބޭފުޅުން ބަލާބަލަ. 2500 ރުފިޔާގެ ބަދަލުގައި 5700ރުފިޔާ މިއަހަރުގެ ޖުލައިމަހުން ފެށިގެން. އެންސްޕާ ގެ އެހީތެރިކަން ފީ ދައްކަން ލިބުނޭ ކިޔާފަ ބޮޑުވަރު. ރައްޔިތުންގެ ފައިސާ އިން ވަކި ބަޔަކަށް މިގޮތަށް ހަރަދު ކުރުން އޯކޭތަ

ގުޅުން ހުރި
Loading...