ދިރި ކޮތަބިރި ހިކިމިރުސް ނާޅާ މި ސަރުކާރުން ޤައުމު ދަވާލައިފި: މުފީދު

މި ސަރުކާރުންވަނީ ކުރީ ސަރުކާރުން ރައްޔިތުންނަށް ގެނެސްދެއްވި ތަރައްޤީއަށް އިހުމާލުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

ދަވާލައިފި ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުފީދު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން ވަރަށް ރީއްޗަށް ޤައުމު ތަރައްޤީކޮށްދެއްވާ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ދިފައި ވަނިކޮށް، މި ސަރުކާރުން އައިސް ޤައުމުގެ ކަންކަން ދަވާލައިފި ކަމަށާ، ރައްޔިތުންނަށް ކަންކަން ކޮށް ނުދެއްވޭކަމުގައިވަނީ ނަމަ މިހިނދުން މިހިނދަށް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާކަމަށް ވެސް މުފީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ މީގެ ކުރިން އަޑު އިވެނީ ހަވާދު ދަވާ ވާހަކަ ކަމަށާ މިއަދު ފެނިގެން ދަނީ ދިރި ކޮތަބިރި އަދި ހިކިމިރުސް ވެސް ނާޅާ މި ސަރުޚާރުން ޤައުމު ދަވާލި މަންޒަރުކަމަށެވެ.

މުފީދު އިތުރަށް ވިދާޅުވީ، މި ޤައުމުގައި ސެކިއުލަ ވިސްނުމަށް ޖާގަ ދޭން ނުވަތަ ލިބަރަލް ޑިމޮކްރެސީއަށް ތަން ދޭން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ﷲ ސުބުހާނަހޫ ވަތަޢާލާގެ އިރާދަފުޅާއެކު ކާމިޔާބު ނުވާނެ ކަމަށެވެ.

އަދި އެކަން އެގޮތަށް ކުރަން ފުރުޞަތު ހަމަ ހިލާ ނުދެއްވާނެ ކަމަށްވެސް މުފީދު ވިދާޅުވިއެވެ. މުފީދު މި ފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު. މިއަދުގެ ރައްޔިތުންގެ މަޖިލީހުން ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ ޓެރަރިޒަމް ޤާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައެވެ.

އެ އިސްލާހުގައިވާ ގޮތުން މީހަކު އަޅާފައި ހުންނަ ހެނދުމަކުންވެސް އެ މީހަކު ކުށްވެރި ވެދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. މަރެ 17 ސެޕްޓެމްބަރު 2019 - 23:22

    އެންސްޕަރ މެފުވެރިކޮެއްގެން އޯޓިސަމް ސެންޓަރުން ވެސް ރައްޔިތުންގެ ފައިސާތައް ދަވާލަމުން އެބަދޭ. 2 ގަޑި އަށް ކުރިންނެގި ފައިސާ މިހާރު 5700 ރުފިޔާ އަށް ބަދަލުކޮެށް. ކުދިންމެދުވެރިކޮއް ރައްޔިތުން ފެލަނީ

ގުޅުން ހުރި
Loading...