ލައްގަޅޭ ލައްގަޅޭ މަސައްކަތެއް ލައްގަޅޭ ކިޔާލަ ކިޔާލާ މިއަދު މަޖޫރިން ތިބެން މިވަނީ ޖެހިފައި: މުއާޒު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސަރަހައްދުގައި މަޖޫރީން މިއަދު ތިބީ މަސައްކަތެއް ލައްގާތޯ ބަލަ ބަލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަވާލައިފި ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ، މީގެ ކުރިން ދުވާލެއްގެ މައްޗަށް ވިހި ތިރީސް ދަތުރު ލިބެމުން ދިޔަ ޕިކަޕް ޑްރައިވަރުން މިއަދު ތިބެން ޖެހިފައިމިވަނީ ދަތުރެއް ލައްގާތޯ ބަލަން ކަމަށާ އަދި އެމްޕީއެލު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންގެ ހާލަކީ ވެސް އެއީ ކަމަށެވެ.

އަދި ޤައުމު މިހާލަށް ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމާ މެދު ސުވާލު އުފައްދާ މުއާޒުވަނީ އެ ސުވާލުގެ ޖަވާބުވެސް ދީފައެވެ. މުއާޒު އިތުރަށް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން އޭރުގެ އިންތިޤާލީ ސަރުކާރުން ބޭނުންވި ގޮތަށް މިހާތަނަށް ރާއްޖޭގެ އެންމެ ބޮޑު ބިޔަ ބަޖެޓު ފާސްކޮށް ދިން ކަމަށާ ނަމަވެސް އެ ބަޖެޓު ފެންފޮދަކާ ނުލާ ދިރުވާލުމުގެ ސަބަބުން ކަންކަން ކުރަން ފައިސާނެތި، ޤައުމަށް އެތެރެ ކޮށް ބޭރުކުރާ މުދަލުގެ އަދަދު ނިސްބަތުން ދަށަށް ދިޔަ ކަމަށެވެ.

އެކަމާ ގުޅިގެން މަޖޫރީންނާ ޑްރައިވަރުންނަށް މަސައްކަތް ނުލިބި ހުއްޓިފައިވާ ކަމަށާ އެ މީހުންގެ އާއިލާތައް ބިކަވެފައިވާކަން މުއާޒު ފާހަގަކުރެއްވިއެވެ. މުއާޒު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ޞޯލިހުގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތެރިންނަށް ތަފާތު ވައުދުފުޅުތައް ވެލައްވާފައެވެ.

ނަމަވެސް އެ މަސައްކަތްތެރިންނަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް އަދި ފުއްދައިދެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...