ފްލެޓް މައްސަލަ ބަލާ ކޮމެޓީން ތޮލާލް އިސްތިއުފާދެއްވައިފި

މިދިޔަ ސަރުކާރުން ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ދޫކުރި ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސް ޞާލިހު އުފެއްދެވި ކޮމެޓީން އަހުމަދު ތޮލާލް އިސްތިއުފާދެއްވައިފިއެވެ.

ސަބަބު ބަޔާން ނުކުރެއްވި ނަމަވެސް އެ މަގާމުން އިސްތިއުފާދެއްވިކަން ތޮލާލް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

ތޮލާލް އަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ކުރިން ތޮލާލް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.

ގިނަ ކަންކަމަށް އެކި ނަންނަމުގައި ކޮމިޓީތައް އުފައްދައިގެން ކުރިއަށް ގެންދާ މިހާރުގެ ސަރުކާރުން ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް ކޮމެޓީއެއް އުފައްދާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުއެވެ.

ނަމަވެސް ސަރުކާރުން އުފައްދާފައިވާ ގިނަ ކޮމިޓީތަކުގެ މަސައްކަތްތައް ލަސް ކަމަށާއި އެ ކޮމިޓީތައް ހެދުމުގެ އެއްވެސް މަންފާއެއް ނެތް ކަަމަށް ގިނަ ރައްޔިތުން ބުނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ކޮށްފައި ވަނީ ރަނގަޅަށް ނޫންކަން ދެއްކުމުގެ ގޮތުން އުފައްދާފައިވާ ކޮމިޓީތަކުގެ ތެރެއިން ފްލެޓް ކޮމެޓީން އާންމުކޮށްފައިވާ މައުލޫމާތުގައި ނިމިދިޔަ ސަރުކާރުން ފްލެޓްތައް ދޫކުުރުމުގައި އުސޫލާއި އެއްގޮތަށް ކަންތައްތައް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...