ސައުދީގެ ތެޔޮ އުފައްދާ ދެ ކާރުހަނާއަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯ އިން ހިންގާ ތެލުގެ އެންމެ ބޮޑު ދެ ކާރުހާނާ އަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ސައުދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާ ދެއްވައި މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ އެގައުމުގެ އަބްޤައިޤް އަދި ޚުރައިސްގައި ހުންނަ ދެ ކާރުހާނާ އަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

މީޑިއަތަކުގައި ރިޕޯޓްކޮށްފައި ވަނީ މި ހަމަލާތައް ދީފައި ވަނީ ފަތިހު 04:00 ޖެހިއިރު ކަމަށެވެ. ނަމަވެސް އެހަމަލާތައް ދިނީ ކޮން ބައެއްކަން ރިޕޯޓްކޮށްފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާގެ އަރަމްކޯއިން "އަބްޤައިޤް" ތޮޔޮ ކާރުހާނާ ސިފަކުރަނީ މުޅި ދުނިޔޭގައިވެސް އޮތް އެފަދަ އެންމެ ބޮޑު ތަނުގެ ގޮތުގައެވެ. އެތަނުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ހަތް މިލިއަން ފީފާގެ ތެޔޮ ދުނިޔޭގެ ބާޒާރަށް ނެރެއެވެ.

އަލްޤައިދާ ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިއަކު 2006 ވަނަ އަހަރު އެ ތެޔޮކާރުހާނާ އަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ކޮށްލާފައެވެ.

މިއީ ހަފްތާ ބަންދެއް ކަމަށް ވުމުން، ޑްރޯން ހަމަލާ އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދުގައި ތެލުގެ އަގަށް ކުއްލި ބަދަލެއް އައިސްފައެއް ނުވެއެެވެ. ދުނިޔޭގެ މާރުކޭޓުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 60 ޑޮލަރަށް.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...