ރައީސް ޞޯލިހުގެ އިންނަނީ ކަކުންޏަކަށް ވުރެ ދެރަވަރު ބޮލެއް: ލަތީފު

ރައީސް ޞޯލިހުގެ ވިސްނުމުގެ މިސާލަކީ ކަކުންޏެއްގެ މިސާލު ކަމަށް ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރި 12 މެންބަރުންގެ ތެރޭގައި ހިމެނުނު ލަތީފް ރޭ ވަރަށް ބޮޑަށް ރައީސް ޞާލިހަށާއި ސަރުކާރަށް ފާޑުވިދާޅުވަމުން ވިދާޅުވީ ރައީސް ޞާލިހްގެ މަކަރުވެރިކަމާއި ހީލަތްތެރިކަމުން ދިން ލަނޑު ހަނދާނެއް ނުނެތޭނެ ކަމަށާއި ރައީސް ޞާލިހް ވައުދުތައް އުވާލިކަމަށެވެ.

އަދި ކުރި އަހްދުތަކާ ޚިލާފުވެފައިވާ ކަމަށް ލަތީފު ވިދާޅުވި. އަދި ވިދާޅުވީ ރައީސް ޞޯލިހު ހުންނަވަނީ ވަރަށް ވިސްނުންތެރި ބޭފުޅެއް ކަމަށް ހެދިގެން ކަމަށާ ނަމަވެސް އެމަނިކުފާނަކީ އެއްވެސް ވިސްނުމެއް ހުންނެވި ބޭފުޅެއް ނުންކަމަށެވެ.

ލަތީފު އިތުރަށް ވިދާޅުވީ އެއްވެސް ތަނަކަށް ތަރައްޤީއެއް ނާންނަ ކަމަށާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު އަނދިރިވެއްޖެކަމަށެވެ. މަސައްކަތްތެރިންނާއި މަސައްކަތް ކުރާ މީހުންގެ ޙައްޤުތައް ގެއްލިއްޖެކަމަށާ މަސްވެރިންނާއި ދަނޑުވަރިންނާއި ކިޔަވާ ކުދިންނަށް ވެސް ސިގްނަލް ކެނޑިއްޖެކަމަށެވެ.

އަދި ގައުމަށް ބަދަލެއް ގެނެވޭނެ ވެރިޔަކު މިއަދަކު ނެތްކަން ފާހަގަކުރަމުން ލަތީފު ވިދާޅުވީ ރައްޔިތުން އެކަމާ ކަންބޮޑުވެ މާޔޫސްވެފައިވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ލުތުފީ7 13 ސެޕްޓެމްބަރު 2019 - 18:29

    ލުތުފީ ތީ ބުރާންޗެއްކަން ނޭނގޭ ދިވެއްސެއް ނުހުންނާނެ. ލުތުފީގެ އިންނަނީ ހިނި އޮށެއް ވަރުވާ ސިކުނޑިއެއް.

ގުޅުން ހުރި
Loading...