މަޖިލީހުގެ ނިމިދިޔަ ދައުރަކީ މިހާތަނަށް އެންމެ އުފެއްދުންތެރިކަން މަދު ދައުރު: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ނިމިޔަ ދައުރަކީ، އެންމެ އުފެއްދުންތެރިކަން މަދު ދައުރު ކަމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނެލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމު ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުވުމަށް މަސައްކަތް ކުރުމަށް ލިބޭނެ ރަނުގެ ފުރުޞަތެއް ކަމަށާ އެގޮތުން ރައީސް ޔާމީންގެ ދައުރުގައި އެ މަންޒަރު ފެނިގެން ގޮސްފައިވާނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގައި ފެނިގެން މިދަނީ މަޖިލިހުގެ މެޖޯރިޓީ ވެރިކަން ކުރާ މައި ޕާޓީގެ އަތުގައި އޮވެމެ ރައްޔިތުންނަށް ކަމެއްކޮށް ނުދެއްވިގެން އުޅޭ މަންޒަރުކަމަށާ މަޖިލީހުގެ ތެރެއިން ބައެއް ފަހަރު ފެންނަ މަންޒަރުތަކުން މަޖިލީހުން ސަރުކާރަށް ޖެއްސުން ކުރާ މަންޒަރު ސިފަވެގެން ދާ ކަމަށެވެ.

އަދި ރައްޔިތުންނަށް ކޮށްދެއްވަން ބައިވަރު ކަންކަން ހުރި ނަމަވެސް ދިގު ދައުރެއް ނިމިގެން ދިޔައިރު މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮވެމެ ދައުރު ނިމިގެން ދިޔައީ އެއްވެސް ކަހަލަ އުފެއްދުންތެރި މަސައްކަތެއް ނުކޮށް ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައިވާ ނެތް ކަމަށް ޝިޔާމް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުޅުވެފައި ވަނީ، ނިމިދިޔަ ދައުރާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ފުރަތަމަ ދައުރަށް ދެއްވާނީ "ބީ ޕްލަސް" އެއް ކަމަށެވެ. އަދި ރައްޔިތުންނާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން އެމަނިކުފާނު ވަނީ ވަކާލާތު ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...