ގައުމުގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުނޑާލުން: އަބްދުއްރަހީމު

ގައުމުގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމު ފުނޑާލުން ކަމަށާއި، ކުރީގެ ރައީސް، މުހައްމަދު ނަޝީދު ކުރަނީ އެ މަސައްކަތް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ފުލުހުން ފާރަލާކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ފުލުހުންނާއި ސިފައިން ދޮގުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އަބްދުއްރަހީމު ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލަން މަސައްކަތް ކުރަނީ ނުބައި ރޭވުމެއްގެ ދަށުން ކަމަށާއި އެކަމުގެ ބޭނުމަކީ އެމްޑީޕީގެ އެޖެންޑާ ނަވާރައިގާ ފޮރުވިފައިވާ ސިއްރު ކަންކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.

އަބްދުއްރަހީމު ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ގައުމުގެ ފަޚުރުވެރިވުން ލާޒިމް ހިދުމަތްތަކެއް ދެމުންދާ ބައެއް ކަމަށެވެ.

ސިފައިންނާ ފުލުހުންނަކީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމުގެ ރައްޔިތުންގެ ހައްގުގައި ގުރުބާން ވުމަށް ތައްޔާރުގައިތިބޭ ބައެއްކަން ދިވެހި ތާރީޚް ހެކިދޭނެކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ފުލުހުން ފާރަލާކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅު ފުލުހުންނާއި ސިފައިން ދޮގު ކުރެއްވުމުން ނަޝީދަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި ރައީސް ޞާލިޙު ވެސް ނަޝީދުގެ ވާހަކަފުޅު ދޮގު ކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓުންގެ ބަހުގެ ހަމަލާތައް ވަނީ އެމަނިކުފާނަށް އަމާޒު ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...