ލަންކާގެ ގައުމީ ޓީވީ ސިރިސޭނާގެ ބާރުގެދަަށަށް ބަދަލުކޮށްފި

އަވަށްޓެރި ސްރީލަންކާގެ ދައުލަތުގެ ޓީވީ ޗެނަލް އެ ޤައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ބާރުގެ ދަށަށް ގެންދަވައިފިއެވެ.

ސިރިސޭނާގެ ބާރުގެ ދަށަށް ދައުލަތުގެ ޓީވީ ބަދަލުކޮށްފައި ވަނ ރައީސަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ ޤައުމުގެ ޤާނޫނުގެ ދަށުން މިހާރު ޓިވީ ކޮންޓްރޯލް ކުރަނީ ޤައުމުގެ ދިފާއީ ވުޒާރާއިންނެވެ. އެގޮތުން ލަންކާގެ ދިފާއީ ވަޒީރަކީވެސް ސިރިސޭނާއެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ ރައީސް ސިރިސޭނާ އެގޮތަށް ފިޔަވަޅު އަޅުއްވާފައި ވަނީ ޤައުމީ ޓިވީ މެދުވެރިކޮށް ޤައުމުގެ ސަލާމަތާއި ޤައުމިއްޔަތު ކުރިއަރުވާ ޕްރޮގްރާމްތައް އުފެއްދުމަށް ކަމަށެވެ.

ނަމަވެސް ގައުމީ ޓީވީ ޗެނަލް ރައީސް ސިރިސޭނާގެ ބާރުގެ ދަށަށް ގެންދެވީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާއި ދެމެދު އުފެދިފައިވާ ކޯޅުމުގެ ތެރެއިން ކަމަށް ބައެއް ފަރާތަކުން ވަނީ ބުނެފައެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...