ރައީސް ނަޝީދުގެ ބޭނުމަކީ މީހުންގެ ސަމާލުކަން ހޯދުން: މެމްބަރު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރަނީ މީހުންގެ ސަމާލުކަން ހޯދުމަށްފަހު މީޑިއާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދުމަށް ކަަމަށް ނޮޅިވަރަމްދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު އެކިފަހަރު އެކި ގޮތް ގޮތަށް ވާހަކަތައް ދައްކަނީ ތިމާ ވަރުގެ މީހެއް ނެތް ކަމަށް ދެއްކެންވެގެން ކަމަށެވެ. އެގޮތުން ނަޝީދަކީ ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭނގިގެން ނޫސްތަކުގެ ފަލަ ސުރިޚީން ޖާގަ ހޯދުމަށް އުޅޭ މީހެއް ކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

މެމްބަރު ނަޝީދު މިހެން ވިދާޅުވިއިރު އެމްއެންޑީއެފުން މައުލޫމާތު ދެއްވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތުތައް ފުލުހުންނާއި ސިފައިން ވަނީ ދޮގު ކުރައްވާފައެވެ. އެގޮތުން އެ ވާހަކަތައް ދޮގުކޮށް ފުލުހުންނާއި އެމްއެންޑީއެފުން ބަޔާން ނެރުއްވާފައި ވަނިކޮށް ރައީސް ޞާލިހު ވެސް ވަނީ ނަޝީދުގެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

މި މައްސަލަގައި ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ރައީސް ޞާލިހަށް އަމާޒު ކުރައްވާ ބަހުގެ ހަމަލާތަކެއް ރައްދު ކޮށްފައެވެ. އެގޮތުން ވަރަށް ހުތުރު ބަސްތައްވެސް ވަނީ ރައްދު ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...