ވަގަށް ވެހިކަލް އެތެރެކުރި ކަސްޓަމްސްގެ ދެ މުވައްޒަފަކު ސަަސްޕެންޑްކޮށްފި

އޮޅުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ ވެހިކަލްތަކެއް އެތެރެކުރި މައްސަލައިގައި ކަސްޓްމްސް ގެ 2 އޮފިސަރަކު ސަސްޕެންޑްކޮށްފިއެވެ.

އޮޅުވާލައިގެން އެތެރެކުރި ވެހިކަލްތައް އަތުލައިގަނެފައި ވަނީ ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ ވެހިކަލްތައް އެތެރެކޮށްފައިވަނީ ލަކުޑި ކޮންޓެއިނަރެއްގެ ތެރެއަށްލައިގެންނެވެ.

މި އޮޕަރޭޝަނުގައި 3 ކާރާއި 2 ޕިކަޕާއި 2 ވޭނުގެ އިތުރުން 14 ސައިކަލް ވަނީ އަތުލައިގެންފައެވެ. މި ވެހިކަލްތަށް އެތެރެކުރި ކޮންޓެއިނަރުތަށް ހުރީ ހުޅުމާލޭގެ ސަރަހައްދެއްގައި ފޮރުވާފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން އެކަން ކުރި ދެ އޮފިސަރުން މި މައްސަަލައިގެ ތަހުގީގު ނިމެންދެން ސަސްެޕެންޑްކޮށްފައިވާ ކަމަށެވެ.

މިތަކެތީގެ ޖުމްލަ އަގު 586،000 ރުފިޔާއަށް އަރާނެކަމަށާއި އެ ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޖޮބޭ 11 ސެޕްޓެމްބަރު 2019 - 07:18

    ކަސްޓަމަކީ ދިވެހި ރައްޔިތުންގެ ލޭބޯ މުއައްސަސާއެއް. ޢެމީހުން ނުރުންވާ ގަޑިޔެއް ދިމާވާ ފަހަރު ގިނަވާނީ 25ދިވެހި ރުފިޔާއަށް ވިއްކާ މުދާލުން ޑިއުޓީ ހިތަށް އެރިވަރަކަށް ނަގާ އެ ވިޔަފާރިވެރިޔާ ފެލާލަނީ މިއީ ދިވެހި ރައޔިތުން ފެލާލުން. ޙަމައެއް އިންސާފެއް އޮންނަތަނެއްނޫން.

ގުޅުން ހުރި
Loading...