ރައީސް ޞޯލިހު އަދި ނަޝީދުގެ ބަސް ދިމާނުވުމަކީ ޤައުމީ އުދަރެހުގައި ޖަހާފަހުރި ބާރުގަދަ ކޮޅިގަޑެއް: މުފީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ދެބޭފުޅުންގެ ބަސް ދިމާނުވުމަކީ މިއަދު ޤައުމީ އުދަރެހުގައި ޖަހާފައިހުރި ބާރުގަދަ ކޮޅިގަޑެއް ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

ޗެނެލް 13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މުފީދު ވިދާޅުވީ، އެއްޗެގައި ނެތް ދިޔައެއް ކިތަންމެ ވަރަކަށް ފެލިޔަސް ނުނިކުންނާ ކަމަށާ އެމްޑިޕީގެ މިސާލަކީ އެއީ ކަމަށެވެ.

އެގޮތުން އެމްޑީޕީ މީގެ ކުރިން ވެރިކަން ކުރިއިރުވެސް ރައްޔިތުންނަށާ ޤައުމަށް ކުރި ފައިދާ އެއް ނެތް ކަމަށާ، މިހާރު ވެރިކަމަށް އައި އިރުވެސް ރައްޔިތުންނަށް މިއަދާ ހަމައަށް ކުރި ފައިދާއެއް ނެތްކަމަށެވެ.

އެހެންކަމުން އެމްޑީޕީއިން ދެން ރާއްޖޭގެ ވެރިކަމަށް އަޔަސް ހަމަ އެވާނީ އެޔަށް ކަމަށް ހަސަން މުފީދު ވިދާޅުވިއެވެ. ޕްރޮގްރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން، މުފީދު ވިދާޅުވީ، މި ސަރުކާރަކީ ބަހާ އަމަލާ ދިމާ ނުވާ ސަރުކާރެއް ކަމަށާ، އެގޮތުން ރައީސް ޞާލިހާއި މަޖިލިސް ރައީސްއާ ދެބޭފުޅުން ސަރުކާރުގެ ކަންކަމާ ގުޅިގެން ދައްކަވާ ވާހަކައިގެ ފްރީކުއެންސީ ދިމާ ނުވާ ކަމަށެވެ.

އެހެން ކަމުން އެއީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށް މުފީދު ވިދާޅުވިއެވެ. އަދި މިއަދު ރައީސް ޞާލިހާއި ނަޝީދުގެ ބަސް ދިމާނުވުމަކީ ޤައުމީ އުދަރެހުގައި ޖަހާފަހުރި ބާރުގަދަ ކޮޅިގަޑެއްގެ ގޮތުގައި މުފީދު ސިފަ ކުރެއްވިއެވެ.

މުފީދު ވިދާޅުވީ ރައީސް ޞޯލިހާ ނަޝިދުއާ ދެބޭފުޅުންގެ ބަސް ދިމާނުވުމަކީ ދިވެހި ރައްޔިތުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެމަޅީގައި ނުޖެހި ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް ދާން ޖެހޭ ކަމަށް މުފީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ، އެމްޑިޕީން ކުޅެމުން އަންނަ ރާޒުވާ ކުޅިގަނޑުގެ ތެރޭގައި މުޅި ޤައުމިއްޔަތު އެ ބޭފުޅުންގެ އަތްމައްޗަށް ދޫކޮށްލުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް މުފީދު ވިދާޅުވިއެވެ.

މި މޭރުމުން މުފީދު ވާހަކަ ދައްކަވާފައިވާއިރު، މި ފަހަކަށް އައިސް ފެނިގެން ދަނީ ޤައުމުގެ އެކި ކަންކަމުގައި ދައުލަތުގެ ދެ ބާރު ކަމުގައިވާ ދައުލަތް ހިންގުމުގެ ބާރު، ރައީސުޖުމްހޫރިއްޔާއާ އަދި ޤާނޫނޫ ހަދާ މަޖިލީހުގެ ރައީސް އާ ދެބޭފުޅުން ކަންކަމުގައި ވަރަށް ބޮޑަށް ދެ ބަސްވަމުން އަންނަ މަންޒަރެވެ.

އަދި ބައެއް ބޭފުޅުން ސިފަކުރަމުން ދަނީ އެއީ އެ ބޭފުޅުން ކުޅުއްވަމުން އަންނަ ޑްރާމާއެއްގެ ގޮތުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...