އެމްއެމްއޭގެ ގަވަރނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަންކޮށްފި

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް ޢަލީ ޙާޝިމް އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ގަވަރުނަކަމުގެ މަގާމަށް އައްޔަން ކުރެއްވި ޢަލީ ޙާޝިމް އަށް އެކަމުގެ ލިޔުން ޙަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެވެ.

އެމްއެމްއޭގެ ގަވަރުނަރަކަށް ޢަލީ ޙާޝިމް، ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

އޭނާ ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއިހަމައަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައެވެ.

ކުރިން ގަވަރުނަރުގެ މަގާމުގައި ހުންނެވީ އަހުމަދު ނަސީރު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...