އެމްއޭސީއެލްގެ މުވައްޒަފަކު ބިދޭސީއަކަށް ހަމަލާ ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މުވައްޒަފަކު، އެއާޕޯޓުގައި މީހަކަށް ހަމަލާދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ކުންުފުނިން ބުނެފިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފަކު ހަމަލާ ދެނީ އެކުންފުނީގެ ކާގޯ ސާވިސް އޭރިއާގައި ހުރި ބިދޭސީއަކަށެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، އެ މުވައްޒަފު ކަސްޓަމަރާއި، މެދު އަމަލު ކުރި ގޮތަކީ އެ ކުންފުނިން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އޭނާއަަށް ހަމަލާ ދިނީ ކީއްވެގެންކަން ސާފްވެފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު އެއްޗެއް އެ ކުންފުނިން ވިދާޅުވެފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...