ރައީސްގެ ވަޢުދުފުޅާއި ޚިލާފަށް މިދިޔަ ހަފްތާގައި ވެސް 340 އުޅަނދުގައި ސްޓިކާ ޖަހައިފި

 


އެއްގަމު އުޅަނދު ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ޞާލިހު ވެވަޑައިގެންނެވި ވަޢުދުފުޅާއި ޚިލާފަށް ނިމިދިޔަ ހަފްތާގައި ވެސް 340 އުޅަނދުގައި ޕާރކިންގ ސްޓިކާޖަހައިފިއެވެ.

ފުލުހުން އާންމު ކުރެއްވި ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ވަނީ 479 އުޅަނދެއް ޗެކްކޮށްފައެވެ. އެ ގޮތުން އުޅަނދުތައް ޗެކް ކުރުމުގެ ތެރޭގައި ލައިސަންސް ނެތި ވެހިކަލް ދުއްވި 57 ފަރާތާއި، ލައިސަން ނުނަގައި ދުއްވި 92 ފަރާތަކާއި، ބާރަށް ދުއްވި 11 މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ހަފުތާގައި ވެސް 18 އަހަރު ނުފުރެނިސް އެއްގަމު އުޅަނދު ދުއްވި 3 މައްސަލައަކާއި، އިންސްއަރެންސް އަދި ރޯޑްވާދިނަސް ނުދައްކާ 78 މައްސަލައަކާއި، ޓްރެފިކް ޤަވާއިދު ތަކާއި ޚިލާފުވި 17 މައްސަލައަކާއި، އަހަރީ ފީ ނުދައްކާ 40 މައްސަލައެއް ފާހަގަ ކުރެވުނު ކަމަށެވެ. އަދި މަގުމަތީގެ 51 އެކްސިޑެންޓް ހިނގާފައިވާއިރު 42 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.

ޕާކް ކުރާނެތަނެއް ނުދައްކައި ސްޓީކާ ނުޖަހާނެކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާއިރު، އީދު ބަންދަށްފަހު ވެސް ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 769 އުޅަނދުގައި ވަނީ ސްޓިކާ ޖަހާފައެވެ.

މާލޭގައި އެއްގަމު އުޅަނދު ޕާކް ކުރާނެ ތަންތަން ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް ޞާލިހު ވައުދުވެ ވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނުގެ ވައުދުފުޅާއި ޚިލާފަށް ކޮންމެ ހަފުތާއެއްގައި ވެސް ގިނަ އަދަދެއްގެ އެއްގަމު އުޅުނދުގައި ސްޓިކާ ޖަހައިގެން ފުލުހުން ދަނީ ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ހޯދައި ދެއްވަމުންނެެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް ފުލުހުން ވަނީ 340 އުޅަނދުގައި ސްޓިކާ ޖަހާފައެވެ.

އެއްގަމު އުޅަނދު ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖަހާ މައްސަލައިގާ ރައްޔިތުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް ދައުލަތުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓްގައި ވެސް ދައުލަތަށް އާންމުދަނީ އިތުރު ކުރާނެ ވަސީލަތަކަށް އެއްގަމު އުޅަނދުގައި ސްޓިކާ ޖެހުން ހިމަނާފައި ވާތީ ރައްޔިތުން ދަނީ އިތުރަށް ފާޑު ކިޔަމުންނެވެ.މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...