ރައީސް ޔާމީންގެ ދެ ހެޓްރިކާއެކު މަހިބަދޫ ބަލިކޮށްފި

އދ.މަހިބަދޫގައި ކުޅުނު އެކުވެރި ކަމުގެ ފުޓްސަލް މެޗެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަތް ލަނޑު ކާމިޔާބު ކުރައްވައިފިއެވެ.

ރައީސް ޔާމީން ހަތް ގޯލު ކާމިޔާބު ކުރެއްވީ އިދިކޮޅު ކޮންގްރެސް ކޯލިޝަން ގުޅިގެން އ.ދ އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަހިބަދޫ ދަނޑުގައި އެރަށުގެ ޓީމަކާއި ރައީސް ޔާމީންގެ ޓީމް ބައްދަލުކުރި ފުޓްސަލް މެޗު ގައެވެ.

މި މެޗުގައި ރައީސް ޔާމީން ވަނީ ފުރަތަމަ ހަމަލާއިން ވެސް ގޯލެއް ކާމިޔާބު ކުރައްވާފައެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އެމަނިކުފާނު ވަނީ 7 ގޯލާއެކު ދެ ހެޓްރިކް ފުރިހަމަ ކުރައްވާފައެވެ. ރައީސް ޔާމީން ވަނީ މި މެޗުގެ ދެ ހާފުގައި ވެސް ފުލްކޮށް ކުޅުއްވައި މެޗު ފުރިހަމަ ކުރައްވާފައެވެ.

މި މެޗުގައި ރައީސް ޔާމީންގެ ކެޕްޓަން ކަމުގެ ދަށުގައި ނުކުންނެވި ޓީމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީހެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އާއި މެމްބަރު ޝިޔާމް، މެމްބަރު ޝުޖާ، މެމްބަރު ތާރިގް، އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ކުޅުއްވިއެވެ.

މަހިބަދޫ ދަނޑުގައި ކުޅުނު މެޗް ރައީސް ޔާމީނުގެ ޓީމުން ކާމިޔާބުކުރީ 12-14 ގެ ނަތީޖާއަކުންނެވެ. ރައީސް ޔާމީން އަކީ ތަފާތު މުނާސަބަތުތަކުގައި ފުޓުބޯޅައިގެ ހުނަރު ދައްކަވާ ބޭފުޅެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...