އަންނި ބުނާ އަނދިރި ދައުލަތަކީ ކޮބައިބާ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ގެއްލުނު މައްސަލައާ ގުޅިގެން ގޮތް ނޭނގޭ މަރުތަކާ އަދި ވީނުވީ ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކުރި ރިޕޯޓާ އަދި އެކޮމިޝަނުގެ ރައީސް ހުސްނުއް ސުޢޫދު ހާމަކުރި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ، ދިވެހި ތާރީޚުގައި ވައްކަން ސާބިތުވެފައި ހުންނެވި ހަމައެކަނި ރައީސް އަދި ޤައުމުގެ ވެރިކަން ރައްޔިތުން ހަވާލުކުރުމުން ވެރިކަން ކުރައްވަން ކެރިވަޑައި ނުގެނ އިސްތިއުފާ ދެއްވި ރައީސް، މުހައްމަދު ނަޝީދުވަނީ ވަރަށް މާނަ ފުން ބަހެއް ވިދާޅުވެފައެވެ.

އެބަސް ނުވަތަ އެ ވާހަކަ އަޅާއިގަތީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށްބާއޭ އަޅުގަޑު އަޅޭ ހިތާ ހިތާ ސުވާލުކޮށްލެވެއެވެ. އެހެނީ އެަދަ ބޮޑު ވާހަކައެއް އެމަނިކުފާޏުގެ ސިއްރު ނުހިއްފެހެއްޓޭ ދޫފުޅުން ބޭރުވި އެކަމާ ކަންބޮޑުވެގެން އެ ވާހަކަ ދެއްކީ މަދު ބޭފުޅުން ކޮޅެއް ކަމަށް ވުމުންނެވެ. ނޫނީ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންނަށް އެ މަނިކުފާނު ދެއްކެވި ވާހަކައިގެ މަހްފޫމު އެނގިވަޑައިނުގެންނެވީ ކަމަށްވެސް ވެދާނެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ހާމަކުރި ރިޕޯޓާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުފައިވަނީ، ސުއޫދުގެ މަރުތަކުގެ ތަހުގީގުން ފެނިފައިވާ ކަންކަމާއި ގުޅޭ ގޮތުން ދައުވާ ކުރިޔަށް ގެންދިއުން އަވަސްކޮށްދެއްވުމަށް އެދޭ ކަމަށެވެ.

އަދި ރާއްޖޭގައި ވަކިހިއްޕާލާފައިވާ އަނދިރި ދައުލަތް އެއްކޮށް ރޫޅާލަން ޖެހޭ ކަމަށާ ފުލުހުންގެ ދައުރު ފުރިހަމައަށް އަދާކުރަން ޖެހޭ ކަމަށެވެ. ކޮންމެ އަކަސް މި އަނދިރި ދައުލަތް ނުވަތަ ޑީޕު ސްޓޭޓްގެ ވާހަކަ އަންނި އޫޕްސް މައާފުކުރައްވާ މަޖިލިސް ރައީސް ވިދާޅުވުމުން އެ ބުނާ އަނދިރި ދައުލަތަކީ ކޮބައިތޯ ބަލާ ދިރާސާ ކޮށްލާ ހިތް ވިއެވެ.

ޤައުމުގެ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކާ ވަގުތުން މިވާހަކަ ހިއްސާކޮށްލީމެވެ. އަދި ގިނަ މަޝްވަރާތަކެއް މިކާ ގުޅިގެން ކުރެވުނެނެވެ. ކޮންމެ އަކަސް އަނދިރި ދައުލަތޭ ކިޔާ ދީނީ އިލުމުވެރިންގެ ނަންމަތި އަޅުވާ ހަޤީގަތުގައި ނަޝީދު ނައްތާލަން އެ ގޮވާ ދައުލަތަކީ ރައީސް އިބްރާހިމު މުހައްމަދު ޞޯލިހުގެ ވެރިކަމުގެ ވާހަކައެވެ.

ރިޟްވާނުގެ މައްސަލައިގައި ދީނީ ޖަމާއަތެއްގެ އަތެއްވާ ކަމަށް ހުސްނުއް ސުޢޫދު މައުލޫމާތު ހާމަކުރުމުން، ދީނީ އިލުމުވެރިންނަކީ ޤައުމަށް ހުރި ބިރެއް ކަމުގައި ދައްކަން މަސައްކަތް ކުރާއިރު ނަޝީދުގެ ވާހަކައިގެ އަނދިރި ފަރާތުގައި ހަގީގަތުގައި ވަނީ އިބްރާހިމުގެ ވެރިކަން ނިމުމަކަށް ގެނައުމެވެ.

ދެން އޮތް ކަމަކީ ޤައުމުގައި ތިބި ދީނީ އިލުމުވެރިން ނައްތާލަން ގޮވާލާ ކަމުގައިވަނީ ނަމަ މިއަދު މި ޤައުމުން އިސްލާމުދީނު ފޮހެލަން އެމްޑީޕީން ޚާއްޞަކޮށް ނަޝީދު އާ އޭނާގެ އާއިލީ ބޭފުޅުން މި ކުރައްވަމުން ގެންދަވާ މަސައްކަތަކީ މި ބޭފުޅުން ބޭނުންވާ ދީނީ މިނިވަންކަން ހޯދަން ކޮށާ މަގަކަށް ވެގެންދާނެއެވެ.

ނުވަތަ ނަޝީދު އެ ވިދާޅުވާ ދެން އޮތް އަނެއް އަނދިރި ދައުލަތަކީ ރާއްޖޭގެ ފުލުހުންގެ އިދާރާއެވެ. ފުލުހުންގެ އިދާރާގައި ހުންނެވީ އިބްރާހިމުގެ ޅިޔަނު މުހައްމަދެވެ. އެހެންކަމުން އިބްރާހިމު އާ މުހައްމަދުގެ ޒިންދަގީ ދުއްވާލަން ނަޝީދު ނުސީދާކޮށް ގޮވާލަނީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެ އަކަސް ނަޝީދުގެ ވަރަށް ގާތް ފަރާތަކާ މިވާހަކަ ހިއްސާކޮށް ކުޑަ ކޮނެލީމެވެ. އެ ވިދާޅުވާ އަނދިރި ދައުލަތަކީ ކޮބައިތޯ އާ އެމްޑީޕީގެ ރޭވުން ހުރީ ކިހިނެތްތީ ސުވާލުކޮށްލީމެވެ. ޖަވާބުދިން ބޭފުޅާ އިންތަނުން ފުންމައިގެން އަރާ ދެއްވި ޖަވާބަކީ އެއީ އިބްރާހިމުގެ ވާހަކައެވެ.

މިހާރު ދެން އޭނާ އާ ހެދި މިޤައުމުގައި އަންނި ބޭނުންވާ އެއްވެސް ކަމެއް ނުކުރެވޭ ކަމަށާ އަންނަ ހަަމ ކަމެއް ކުރަން އުޅޭ އިބޫ ހުރަސް އަޅާތީ ކަންކަން ނުކުރެވޭ ވާހަކައެވެ. އެހެންކަމުން އަންނި އެ ވިދާޅުވަނީ އިބޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަން ވެއްޖެ ކަމުގެ ވާހަކަ ކަމަށާ އަދި އެކަމުގެ ތެރޭގައި އީވާގެ ނަން ވެސް އެމީހާ ފާހަގކުރިއެވެ.

އަދި ވިދާޅުވީ އީވާ ވެސް އިބޫގެ ސައިޑުގައި ހުރުމުން ކަންކަން ކުރަން އުނދަގޫ ކަމަށާ މަޖިލީހުގެ ނައިބު ރައީސް ކަމުގައި އިވާ ބަހައްޓާވަން ނަޝީދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށެވެ.


ދެން ހިތުގައި އުފެދުނު ސުވާލަކީ އީވާ އަންނި އާ ދެކޮޅު ވާންވީ ސަބަބެކެވެ. އެއީ ނަޝީދު އާ އީވާ އަކީ އާއިލީ ގޮތުން ގުޅި ލާމެހިފައިވާ ދެ ބޭފުޅުންނަށް ވުމުންނެވެ. އެމީހާ ކައިރީ އެ ސުވާލު އެހެން ކޮށްލީމެވެ. ލިބުނު ޖަވާބުން އަލޫގަޑުގެ ދެލޯ ބޮޑުވިއެވެ.

އެއީ އިވާ އާ އިބޫ އާ ދެބޭފުޅުްނނަކީވެސް އާއިލީ ގޮތުން ގުޅިފައިވާ ދެ ބޭފުޅުން ކަން އެނގިގެން ދިއުމުންނެވެ. އިވާ އިބޫ އަށް ވިދާޅުވަނީ ބޮޑުބޭބެ ކަން އެނިގެން ދިޔައީ އަލަށެވެ.

ކަން މިހެން އޮތް އިރު، ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން މި ރާއްޖެ އަށް ތިލަ ކުރި ބަޔަކުވެސް ތިބޭނެތާއެވެ. މިކަމުގެ ދޮންކަޅު ހޯދާލަން ކުރި މަސައްކަތުން އެނގުނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ނިންމަން ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް މަގު ފަހި ކުރަން ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ތިބި ބައެއް މީހުން، މީހުން ތަމްރީނު ކުރުމުގައި ހަރަކާތްތެރިވި ކަމެވެ.

1989 ވަނަ އަހަރު މައުމޫނުގެ ދެ ވަނަ ދައުރު ހަމަވުމާ އެކު ތިންވަނަ ދައުރަކަށް އެމަނިކުފާނު ކުރިމަތި ލެއްވުމުން އެކަމާ ހިތް ހަމަ ނުޖެހިގެން ޒަމާނުއްސުރެ ވެރިކަމާ ތޮޅެމުން އައި މީހުން ދީނު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅިގެން ޜާއްޖެއިން މީހުން ގެންގޮސް އެމީހުން ކަންފަތަށް ރީ އަޅާ ދިނެވެ.

އަދި ދީނީ އިލްމުވެރިންނޭ ކިޔާ އެ މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފަން ފެށިއެވެ. ދެން މިއަދު މި ބޭފުޅުން ދީނީ އިލުމުވެރިންނަކީ އަނދިރި ދައުކަތެއްގެ ގޮތުގައި ސިފަ ކުރުމުގެ ބޭނުމަކީ ކޮބައިބާއެވެ؟

ކޮންމެ އަކަސް މިއަދު ޤައުމު އޮތް ހާލަތަށް ބަލާއިރު، ޤައުމުގައި އޮތީ އަނދިރި ދައުލަތެއް ބާއޭ ނުވަތަ ދެ ދައުލަތެއްބާއޭ މިއި އުފެދޭ ސުވާލެކެވެ. ޤައުމުގައި ވެރިކަން ކުރައްވާ ނަމުގައި ހުންނެވީ ޅ.ހިންވަރަު ނޫރާނީއާގޭ އިބްރާހިމު މުހައްމަދު ޞޯލިހެވެ.

ނަމަވެސް އިބޭގެ މައްޗަށްވެސް ބާރު ފޯރުވަން މަސައކްަތް ކުރައްވާ ބޭފުޅަކު އެބަ ހުންނެވިއެވެ. އެއީ އެއްކަލަ އިސްތިއުފާ ދެއްވި ރައީސެވެ. މައްޗަށްގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ ރައީސްގެ މަޤަމު ފުރއްވަމުން ގެންދަވާ އިރު އެމަނިކުފާނު ފެނިގެންދަނީ ޤައުމުގެ ކަންކަމުގައި ރައީސް ޞޯލިހަށްވުރެ ކުރިން ބަސް ވިދާޅުވާ މަންޒަރެވެ. އަދި މުނާސަބާއެއް އަޔަސް ޞޯލިހަށްވުރެ ކުރިން ބަސްދީގަތުމާ އެއްޗެހި ނެރުއްވާ ތިމަން މަނިކުފާނަކީ ދައުލަތުގެ ވެރިޔާކަމުގައި ދެއްކުމަށް މަސައްކަތް ކުރާ މަންޒަރެވެ.

އެހެންކަމުން ޤައުމުގއި އޮތީ އަނދިރި ދައުލަތެއް ނޫނެވެ. ޤައުމުގައި މިއޮތީ ޑަބަލް ސްޓޭޓެއް ނުވަތަ ދެ ދައުލަތެކެވެ. ކެރަފާ ދައުލަތަކާ ސިއްކަ ދައުލަތެވެ. ވެރިކަމާ ހެދި ތޮޅޭ ބޮޑު ދެ ގެރިއެވެ.

އެހެންކަމުން ބޮޑު ދެގެރި ތަޅަންޏާ ކަށް ގަލަށް ބާރު ކުރާނެއޭ ބުނާ ބީދައިން މި ދެބައި މީހުން މިތަޅާ ތަޅާލުންގަޑުން ހުރިހާ ގެއްލުމެއް ލިބޭނީ ނިކަމެތި ދިވެހި ރައްޔިތުންނަށެވެ. ދިވެހި ރައްޔިތުންނޭނެވެ. މިކަމަށް ލޯހުޅާވާ ނިކަން ރަގަޅަށް ފާރަވެރިވާން އެބަޖެހެއެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީންއާ އެމަނިކުފާނުގެ ޓީމުން ދެއްކެވި ވާހަކަތައް މިޙާރު ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ހަނދާނަށް އަންނާނެއެވެ. ދީނާ ޤައުމިއްޔަތާ އިސްތިގުލާލާ އަދި މިނވަންކަމަށްވެސް ބުރޫ އަރާނެ ވާހަކައެވެ.

އިބްރާހިމު ވެރިކަމުގައި ކުޑަ ދުވަސްކޮޅު ބެހެއްޓުމަށްފަހު އާބިދާގެ މުހައްމަދު ވެރިކަމަށް އަންނަން މަސައްކަތް ކުރާނެ ވާހަކައެވެ.

މިއަދު މިއޮތީ އެބޭފުޅުން ވިދާޅުވި ހިސާބަށް އޮޑި ދުވެފައެވެ. ނަމަވެސް އަދިވެސް ލަހެއް ނުވެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. ޤައުމާ ދީނުގެ ހައްގުގެ ކެރިގެން ނުކުންނަން ވީ ވަގުތު ޖެހިއްޖެއެވެ.

ދިވެހި ބިން މީ މަގޭ ބިން, ލެވުނު ފުރަތަމަ ނޭވާ މަގޭ ބިން، އެ ބިމަކަށް އެންމެ ފަހުގެ ވިންދާ ދޫކޮށްލަދޭނޭ ނޭވާ މަގޭ ބިން


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޙަބޭްސް 06 ސެޕްޓެމްބަރު 2019 - 23:34

    ޙަބޭސް

ގުޅުން ހުރި
Loading...