ދީނީ ޢިލްމުވެރިންނާއި ދެކޮޅަށް ޝުޖޫން އާއި އަޒްމިރަލްދާ ފަނޑިޔާރު ކަމަށް ޢައްޔަން ކޮށްފި

އަންހެން ފަނޑިޔާރުންއައްޔަން ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިން ވިދާޅުވި ބަސްފުޅަށް ގޮން ޖައްސަވައި ރައީސް ޞާލިޙް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މ.ސީނާ، ޑޮކްޓަރ އަޒްމިރަލްދާ ޒާހިރު އަދި މ.ކޮކާހަނދުވަރުގެ، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން އައްޔަން ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖޫން އާއި އަޒްމިރަލްދާ ޢައްޔަން ކުރައްވާފައި ވަނީ އެބޭފުޅުން އެ މަޤާމަށް އައްޔަން ކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 62 މެންބަރުންގެ ވޯޓުން ފާސްކުރެއްވުމުންނެވެ. އެހެން ނަމަވެސް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ އެ ބޭފުޅުންނަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަކި ކޮޅަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓަށް ޢައްޔަން ކުރެއްވި 2 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި ކުރެއްވީ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަޙްމަދު ޢަބްދުﷲދީދީގެ ކުރިފުޅުމަތީގައެވެ. އެ ދެ ބޭފުޅުންނަށް މަޤާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް ޞާލިހް ސުޕްރީމް ކޯޓަށް ދެ އަންހެން ފަނޑިޔާރު ޢައްޔަން ކުރައްވާފައި މިވަނީ ފަނޑިޔާރުންގެ މަގާމަށް އަންހެނުން އިންތިޚާބު ކުރުމަކީ އިސްލާމު ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި މަޝްހޫރު ގިނަ ދީނީ ޢިލްމުވެރިން ވިދާޅުފައި ވަނިކޮށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއް ގޮތަށް ވާހަކަ ދައްކަވާ އިލްމުވެރިންވެސް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...