ހަރުކަށި ފިކުރު އުފެދުނީ މައުމޫން ޢިލްމުވެރިންނަށް އަނިޔާ ދިނުމުން: ޑރ.އިޔާޒް

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ދީން އުގެނުނަ ނުދިނުމަށްޓަަކައި ދީނީ ޢިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން ފުޅާވެފައި އޮތް މިންވަރާއި ގުޅޭގޮތުން ރައީސް ޞާލިޙް އުފެއްދެވި ރިޔާސީ ކޮމިޝަނުން ހާމަކުރެއްވި މަޢުލޫމާތުތަކުގެ މައްޗަށް ރިއާޔަތް ކުރައްވައި އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އިޔާޒު ވިދާޅުވީ ރައީސް މައުމޫން ކުރެއްވި ކަންކަމުން ރައީސް ޞާލިހް އިބްރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިފައި ވަނީ މައުމޫންގެ ސަރުކާރުގައި ޢިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން އެއީ އިބްރަތް ހާސިލް ކުރުން ރަނގަޅު ކަމެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.

އިޔާޒް މިހެން ވިދާޅުވިއިރު މައުމޫނުގެ ވެރިކަމުގައި ގިނަ ދީނީ ޢިލްމުވެރިން ޖަލަށް ލުަމަށްފަހު ދިން ލާއިންސާނީ އަނިޔާތަކުގެ ތެރެއިން ޢިލްމުވެރިންގެ ތުނބުޅިތަކުގައި އެކި ޒާތުގެ ސޯސް އުނގުޅާ ތުނބުޅި ބާލައި ބައެއް ޢިލްމުވެރިންގެ އަތުގައި އޮތް ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލްކުރި ވާހަކަ އެ ދުވަސް ވަރު ވަނީ ވަރަށް ގަދައަށް ދެކެވިފައެވެ.

ދީނީ ޢިލްމުވެރިންނާއި ގުޅިގެން ޑރ.އިޔާޒް މިފަދަ މޭރުމަކުން ވާހަކަ ދެއްކެވިނަމަވެސް ރައީސް މައުމޫން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އޯކޭ 03 ސެޕްޓެމްބަރު 2019 - 01:28

    ހައްދުފަހަނަ އެޅުމާ ހަރުކަށި ފިކުރު އުފެދުނީ ކަލޭމެން ބޭނުންގޮތަކަށް ތެޅެން ސިޔާސީ ބޭނުމަކަށް މައުމޫނަށް ފަހު އައިސަރުކާރުން ފުރުސަތުދިނީމާ

  2. ޜަޖަމް 03 ސެޕްޓެމްބަރު 2019 - 01:26

    ދިވެހިރާއްޖޭގައި ދީން ގަބޫލުނުކުރާ މީހުން އިތުރުވީ މާމުޅު އިލްމުވެރިންނަށްވެގެން އުޅޭބައިގަނޑެއް ޒާތްޒާތުގެ ފަތުވާތަށް ދޭންފެށިފަހުން

  3. Micky 02 ސެޕްޓެމްބަރު 2019 - 18:08

    ތަންދޮރު ދަންނަ ހެޔޮލަފާ ސާލިހް އިލްމު ވެރިން ފިތުނަ އުފެއްދުމަށް މީހުންގެ ވާހަކައެއް ނުދައްކާނެ

ގުޅުން ހުރި
Loading...