ޓެކްސަސްގައި ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހަކު މަރުވެ ގިނަބަޔަކު ޒަހަމްކޮށްލައިފި

އެމެރިކާގެ ޓެކްސަސްގެ ސަރަހައްދަކަށް ބަޑި ބޭނުންކޮށްގެން މީހަކު ދިން ހަމަލާތަކެއްގައި ފަސް މީހަކު މަރުވެ 24 މީހަކު ޒަހަަމް ވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާތަކުގައި ބުނެފައި ވަނީ ޓެކްސަސްގެ މިޑްލޭންޑް ސަރަހައްދަށް ބަޑިން މީހަކު ހަމާލާތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން އެ ހަމަލާތައް ހުއްޓުވަން ފުލުހުން ދިން ހަމަލާތަކުގައި އޭނާ މަރުވެފައިވާކަމަށެވެ.

މީޑިއާތަކުގައި ބުނެފައި ވަނީ ޓެކްސަސް އަށް ހަމަލާ ދިނުމުގައި އިތުރު މީހަކު ބައިވެރިވުން އެކަށީގެންވާ ކަމަށެވެ. އެހެންވެ އެކަމުގައި އިތުރު މީހަކު ހިމެނޭތޯ ބެލުމަށް އެގައުމުގެ ފުލުހުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހަމަލާ ދިނުމުގައި ބައިވެރިވެ، ފުލުހުންގެ ހަމަލާގައި މަރުވެފައިވާ މީހަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށާއި އެ މީހާގެ ވަނަވަރު ފަހުން ހާމަކުރާނެ ކަމަށެވެ.

އެެފްބީއައި އިން ބުނީ ބަޑީގެ ހަމަލާ އާއި ގުޅިގެން ޓެކްސަސްގެ ފުލުހުންނަށް އެފްބީއައި އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

ފަހަކަށް އައިސް އެމެރިކާގަ ބަޑިން ހަމަލާ ދިނުން ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު ވެސް ޓެކްސަސްގައި ވަނީ ބަޑި ޖެހުމުގެ ހާދިސާއެއް ހިނގާފައެވެ. އެ ހަމަލާގައި 22 މީހަކު މަރުވެފައިވާއިރު ފާއިތުވި މަހެއްހާ ދުވަހު އެމެރިކާގައި މިފަދަ ހަތަރު ހާދިސާއެއް ހިނގާފައިވެއެވެ.

އެމެރިކާގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމުގެ ބަހުސް ވަނީ ގަދަވެފައެވެ. އެގޮތުން އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެސް އެންމެ ހޫނު މައުލޫއަކަށް ވާނީ ބަޑި ކޮންޓްރޯލް ކުރުމުގެ ސިޔާސަތު ކަމަށް ލަފާ ކުރެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...