ހާލުގައި ޖެހިފައިވާ އެމްޑީޕީގެ "ފްލެގް މޭން" ހޯދަން ފަށައިފި

އެމްޑީޕީގެ މުޒާހަރާތަކުގައި ދިދަ ހިފައިގެން "ފްލެގް މޭން" ގެ ގޮތުގައި ހަރަކާތްތެރިވި މީހާ ހޯދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މުޒާހަރާތަކުގައި ދިދަ ހިފައިގެން ހަރަކާތްތެރިވި "ފްލެގް މޭން" އަށް އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި އިންނަ މަންޒަރު ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވެ ގިނަ ބަޔަކު ވަނީ ސަރުކާރަށާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މި މައްސަލައާއި ގުޅިގެން ފާޑު ކިޔާ ފަރާތްތަކުން ވަނީ އެ ޕާޓީގެ މަގުމަތީގެ ހަރަކާތްތަކުގައި ޕާޓީގެ ދިދަ ހޫރުމުގައި ފްލެގް މޭންގެ ދައުރު އަދާކުރި މީހާގެ އަގު ސަރުކާރުން ވަޒަން ނުކުރާ ކަމަށާއި ވެރިކަން ލިބުމުން ނިކަމެތި މީހާގެ މަތިން ސަރުކާރުން ހަނދާން ނައްތާލާފައިވާ ކަމަށް ބުނެފައެވެ.

އެމްޑީޕީގެ ފްލެގް މޭން ހާލުގައި ޖެހިފައި ސަލާމް ޖަހަން އިންނަ މަންޒަރު ފެންނަ ފޮޓޯ އާއެކު މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ އެމިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައިތީ ޝުކުރު އަދާކުރާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޖެންޑާ  މިނިސްޓްރީން ވަނ އެކަމުގައި އެ ވުޒާރާއަށް އެހީތެރިވެ ދިނުމަށާއި އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 1412 އަށް ގުޅުއްވާ އެ މައުލޫމާތު ހިއްސާކުރުމަށް އެދިލައްވާފައެވެ.

ޖެންޑާ މިނިސްޓްރީން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އެ ވުޒާރާގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖަކު ފިލައިގެން ދިޔަ މައްސަލައިގާ ވެސް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ހަވާލުކުރެވޭ ޒިންމާތައް އަދާ ނުކުރެއްވޭ ވަރުގެ ބޭފުޅުން ވަޒީރު ކަމުން ދުރުކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...