ރޯގާއިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ- އެޗްޕީއޭ


ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށްފަހު ރޯގާ ފެތުރިދާނެ ކަމަށް ބަލާ، އެ ރޯގާއިން ރައްކާތެރިވުމަށް ސިއްހީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރު ދިވެހި ހައްޖާޖީން ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި އައުމާއެކު، އަރިދަފުސް ރޯގާ އަދި ވައިރަލްހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށް ސިއްހީ ވުޒާރާއިން ވަނީ ހައްޖު ރޯގާ އިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން ސިއްޚަތާއި ބެހޭ ވުޒާރާއިން ވަނީ ރޯގާއިން ރައްކާތެރިވުމަށްޓަކާ އަދި ރޯގާ ފެތުރިގެންދާ މިންވަރު ކުޑަ ކުރުމުގެ ގޮތުން އަރިދަދުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު، އަނގަމައްޗާއި ނޭފަތް ނިވައިވާ ގޮތަށް ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް ބޭނުންކުރުމަށާއި އެގޮތަށް ބޭނުން ކުރެވޭ ޓިޝޫއާއި ރުމާފަދަ ތަކެތި އެއްލާލުން ރައްކާތެރި ނޫން ކަމަށް ބުނެފައެވެ.

އަދި އާންމު ސާފްތާހިރުކަމަށް ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ސިއްޚަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރޯގާ ޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ހާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ގޮވައިގެން ނުދިއުމަށް ސިއްޚަތާއި ބެހޭވުޒާރާއިން ވަނީ އެދިފައެވެ.


ހުންއައިސް އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ބައެއް ފަރުވާތައް

ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން

ވީހާވެސް ބޮޑަށް ހަށިގަނޑަށް އަރާމު ދިނުން

ކަޅުސަޔާއި، ލުނބޯ އަދި އިނގުރާއި މާމުތް ފަދަ ބުއިންތައް ބޭނުންކުރުން

 ޕެރެސެޓްމޯލް ފިޔަވާ އެހެން އެއްވެސް ޑޮކްޓަރީ ބޭހެއް ޑޮކްޓަރެއްގެ އިރުޝާދާ ނުލާ ބޭނުން ނުކުރުން

 އަދި މީގެ އިތުރުން ހުން އައިސް ރޯގާ ޖެހުމަށްފަހު، 3 ދުވަހައްވުރެ އިތުރުވާނަމަ ލަސް ނުކުރައްވާ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ސިއްޚަތާއި ބެހޭ ވުޒާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. ކޮންމެ އަހަރަކުވެސް ހައްޖުވެރިން ރާއްޖެ އައުމާއެކު ތަފާތު ހުންތަކާއި ރޯގާ އިތުރުވެގެންދާކަން ފާހަގަކޮށްލެވެއެވެ.