އައްޑޫ ސިޓީއަށް ސީ އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭތާ މަސްދުވަސް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގެ ރަށްތަކަށް ސީއެމްބިއުލާންސްގެ ޚިދުމަތް ހުއްޓިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައި އޮތުމުން ސިއްޚީ ޚިިދުމަތް ހޯދުމުގައި ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށް، ހިތަދޫ ރީޖަަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައްޑު އަތޮޅުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ދެނީ އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ދަށުންނެވެ. އައްޑޫ ސިޓީގެ ރަށްތަކަށް ޚިދުމަތް ދިނުމަށް ބޭނުން ކުރާ ސީއެމްބިއުލާންސް މަރާމާތު ކުރުމަށް މާލެ ގެނެސް ގިނަ ދުވަސްތަކެއް ވަމުންދާތީ ރައްޔިތުންދަނީ ޝަކުވާ ކުރަމުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ސީ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައި ވާތީ އެންމެ ބޮޑަށް ދަތިވަނީ ހުޅުމީދޫގެ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ލޯންޗު ކުއްޔަށް ހިފައިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަން ދަތުރު ކުރަން ޖެހުމުން އެ ރައްޔިތުންނަށް ބޮޑެތި ދަތިތައް އަދި މާލީ ދަތިތަކާވެސް ކުރިމަތިވެފައިވާ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ސީ އެމްބިއުލާންސްގެ މަރާމާތާއި ގުޅޭ ގޮތުން އެ ލޯންޗް އޮޕަރޭޓް ކުރާ އެމްއެންޑީއެފުން އެކަށީގެންވާ މައުލޫމާތު ދީފައި ނުވާކަމަށެވެ. އަދި ސީ އެމްބިއުލާންސް މަރާމާތު ކުރުމުގެ މަސައްކަތަށް ދެމަސްވަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...