ޕީޕީއެމްއަކީ ބަލިކަށި ވާނެ ޕާޓީއެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އަކީ ބަލިކަށި ވެގެންދާނެ ޕާޓީއެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މި ފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ އަދި ރައީސްޔާމީން އަރިހުގައި ގާތުން މަސައްކަތްކުރައްވާފައިވާ ބައެއް ބޭފުޅުން ޕާޓީން އިސްތިޢުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

އެ ބޭފުޅުން ޕާޓީން އިސްތިއުފާދެއްވި ޚަބަރާއެކު އާންމު މެމްބަރުންގެ މެދުގައި ކަންބޮޑުވުން އުފެދިފައި ވާތީ ރައީސް ޔާމީން ވިދާޅުވީ މާތް ﷲގެ އިރާދަފުޅުން ޕީޕީއެމް ބަލިކަށި ނުވާނެ ކަމަށެވެ.

ޕީޕީއެމް އަދި ޕީއެންސީން ވަކިވި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކާއި ޕީޕީއެމްގެ ތަރުޖަމާނު އަދި ކުރީގެ ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފާއި ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާޙް ހިމެނެއެވެ.

އަދި ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދާއި މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދުވެސް ހިމެނި ވަޑައިގަންނަވައެވެ. މިބޭފުޅުން ގުޅިވަޑައިގެންނެވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީއާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޔަގީން 28 އޮގަސްޓް 2019 - 15:31

    ޔަގީނެއްނު

ގުޅުން ހުރި
Loading...