ދިނީ ހަރުކަށި ފިކުރުގެ މީހުންނަށް މި ސަރުކާރުން ޖާގައެއް ނުދޭނެ: މުޙައްމަދު ހުސައިން ޝަރީފް

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފް

ރާއްޖޭގައި ދިނީ ހަރުކަށި ފިކުރު ޕުރޮމޯޓްކޮށް، ހައްދު ފަހަނައަޅާފައިވާ މީހުންނަށް މި ސަރުކާރުން ޖާގަ ދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތަކުގެ އެއްވެސް އަސާސެއް ނެތް ކަމަށް ދިވެހި ރާއްޖޭއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް މުންދު ވިދާޅުވެއްޖެއެވެ. 

ދިވެހި ސަރުކާރުން ދިނީ ހަރުކަށި ފިކުރުތަކުގެ މީހުންނަށް ފުރުސަތުދޭކަމަށްބުނެ، ސަރުކާރާއި އިދިކޮޅަށް މަސައްކަތް ކުރާ ސިޔާސީ ފަރާތްތަކުން ދަނީ އެކިއެކި ޕޯޑިއަމްކުގައި ވާހަކަ ދައްކަވަމުނެވެ.

އެގޮތުން ޓެރެރިޒަމްގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން ގިނަވެ، އެމީހުންގެ ހަރަކާތްތަކައް ސަރުކާރުން ވާގިވެރިވެ އެހީތެރިވުން ކަމަށް ވިދާޅުވެފައިވެއެވެ.

މިވާހަކަތަކާއި ގުޅިގެން ލަންކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި މިހާރު ދިވެހި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރާއްޖޭގެ ދިނީ ހަރުކަށި ފިކުރު ޕުރޮމޯޓް ކުރާ ވާހަކައާއި ހައްދު ފަހަނަ އަޅާފައިވާ މީހުންނަށް މި ސަރުކާރުން ޖާގަދޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށެވެ.

މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ މިއަދު ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ސިނާއަތައް ބަރޯސާވެފައިވާއިރު، މި ވާހަކަތައް ދައްކާ މީހުންގެ މައިގަޑު ބޭނުމަކީ މި ސިނާއަތް ހަލާކުކޮށްލުންކަމަށް. އަދި ދިވެހިރާއްޖެއަށް ވަންނަ ބޭރު ފައިސާގެ 60 އިންސަތައަކީ ފަތުރުވެރި ކަމުގެ ސިނާއަތުން ލިބޭ ފައިސާއެވެ.

ރާއްޖޭގެ ބޮލަކައް ޖެހޭ ނިސްބަތް (ޖީޑީޕީ) ގެ 28 އިންސަތަ އަކީ ވެސް ފަތުރުވެރި ސިނާއަތުން ދައުލަތައް ލިބޭ އަމްދަނީއެވެ.


 

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްރެޓެޖިސްޓް އިމްޖާދް ޖަލީލް

ދިވެހިރާއްޖޭގައި ނިސްބަތުން "ޓެރެރިސްޓުން" އުފައްދޭމިންވަރު ގިނަ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްރެޓެޖިސްޓް އިމްޖާދް ޖަލީލް ވިދާޅުވީ، ދިވެހިސަރުކާރަކީ ހަރުކަށި ސިޔާސަތުތަކަށް ޖާގަދޭނެ ސަރުކާރެއް ނޫންކަމަށާއި، ހައްދު ފަހަނައަޅާފައިވާ ފިކުރުތަކަށް މި ފަސްގަނޑުން ޖާގައެއް ނުދެވޭނެކަމަށެވެ. 

އިމްޖާދް ވިދާޅުވީ ބައެއް ދިވެހިން ހަނގުރާމައަށް ދިޔަނަމަވެސް އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ވަރަށް މަދުބައެއްކަމަށް ވިދާޅުވި. އަދި އެކަންކަން ހައްލުކުރުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްކައް ކުރައްވަމުންދާކަން އިމްޖާދު ފާހަގަކުރެއްވިއެވެ.

އިންޓާރނޭޝަނަލް ސެންޓަރ ފޮރ ދަ ސްޑަޑީ އޮފް ރެޑިކަލައިޒޭޝަން އިން އެކިއެކި ޤައުމުތަކުން ހަނގުރާމަ ކުރުމަށް ދާ މީހުންގެ ތަފާސް ހިސާބްތައް ނެރުން އިރު ދިވެހި ރާއްޖޭގެ ނަން ހިމެނިފައިނުވެއެވެ.


ރާއްޖޭގައި ހައްދު ފަހަނު އަޅާފައިވާ ފިކުރުގެ މިހާ ބިރުވެރިކަން އޮތް ޤައުމެއް ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކާ އިރު، ބައިނަލްއަގްވާމީ ފަރާތްތަކުން މި ކަމަށް ދިރާސާކޮށް ނެރޭ ޗާޓްތަކުގައި ވެސް ދިވެހި ރާއްޖޭގެ ނަން ހިމެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...