ޒީރޯ ޓޮލަރެންސްގެ ނަމުގައި މާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފި

އެންމެ ފަހުގެ ވަސީލަތްތަކާއެކު ޒީރޯ ޓޮލަރެންސްގެ ނަމުގައި މާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިތް ގައިމު ގޮތަކަށް ފަރުމާކޮށްފައިވާ ޒީރޯ ޓޮލަރެންސް ރެސްޓޯރަންޓް ހުޅުވީ ރޭގެ ވަގުތެއްގައެވެ. މި ރެސްޓޯރެންޓް ހުންނަނީ އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ މައި އޮފީސް ކުރިމަތީ ކަހަލަ ގޮތަކަށެވެ.

ޖުމްލަ ދެ ފްލޯ ހިމެނޭހެން ފަރުމާކޮށްފައިވާ ޒީރޯ ޓޮލަރެންސް ރެސްޓޯރެންޓަކީ ހުރިހާ އުމުރު ފުރުއަކަށް ޚާއްޞަކޮށް ފަރުމާކޮށްފައި އަރާމް ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓުގެ ތިރީގައި އޯޕަން އެއާ ބައެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން ތަފާތު މުބާރާތްތައް ކުރިއަށްދާ ދުވަސްވަރު މެޗްތައް ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އޯޕަން އެއާ ބައިގާ ބޮޑު ސްކްރީނެއް ވެސް ވަނީ ބަހައްޓާފައެވެ.

މީގެ އިތުރުން އާއިލާތައް އެކުގައި ވަޑައިގެން ހިތް އުފާކޮށްލެވޭނެ އިންތިޒާމްވެސް ޒީރޯ ޓޮލަރެންސް ރެސްޓޯރެންޓްގައި ވަނީ ހަމަ ޖައްސާފައެވެ.

މި ރެސްޓޯރެންޓުންވެސް އެންމެ ފަހުގެ ބުއިންތަކާއި ކެއުންތަކުގެ އިތުރުން އެތަނުގެ އަމިއްލަ އުފެއްދުންތައްވެސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ޒީރޯ ޓޮލަރެންސް ރެސްޓޯރެންޓް ފަރުމާކޮށްފައި ވަނީ ޒުވާނުންނަށް ވަރަށް ޚާއްޞަ އިސްކަމެއްދީގެން އެ ފަރާތްތަކާއި ގުޅޭ ގޮތަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...