ޔުވެންޓާސްގެ ކޯޗް މަސާރީއަށް ނިއުމޯނިއާ ޖެހިއްޖެ

އިޓަލީގެ ޔުވެންޓާސްގެ ކޯޗް މަސާރީއަށް ނިއުމޯނިއާ ޖެހި ލީގުގައި ކުޅޭ ފުރަތަމަ ދެ މެޗުން އޭނާ ނުފެންނާނެ ކަމަށް އެކްލަބުން ބުނެފިއެޗެ.

ޔުވެންޓާސް އިން ބުނީ ސާރީގެ ސިއްހީ ކަންކަން އެކްލަބުން ބަލަމުންދާ ކަމަށާއި އެވާހަކަތައް އާންމު ކުރީ ވެސް އޭނާގެ އެދުމުގެ މަތިން ކަމަށެވެ. އަދި ލީގުގައި ޔުވެންޓާސް ކުޅޭ ފުރަތަމަ ދެ މެޗުގައި އޭނާ ނުފެންނާނެ ކަމަށެެވެ.

މި ހަފްތާގެ ބަންދުގައި އެ ޓީމުން ކުޅުނު އެކުވެރި ކަމުގެ މެޗުން ސާރީ ފެނިފައި ނުވާއިރު އެކްލަބުން ބުނެފައި ވަނީ އެ މެޗުން އޭނާ ނުފެނުނީ ހުން އައިސްގެން އުޅޭތީ ކަމަށެވެ. އެއާއެކު ހެދި އިތުރު ޓެސްޓް ތަކުން އޭނާ އަށް ނިއުމޯނިއާ ޖެހިފައިވާކަން އެނގުނު ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުން ގިނަ ކަމަށް މަޝްހޫރު ކޯޗް ސާރީ އަކީ މެޗް ތެރޭގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރާ ކޯޗެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ޔޫރަޕްގެ ގިނަ ކްލަބްތަކަކުން ޝައުގުވެރިކަން ފާޅު ކޮށަފައިވަނިކޮށް ސާރީ ވަނީ ޗެލްސީދޫކޮށް ޔުވެންޓާސްއަށް ބަދަލުވެފައެވެ. އުމުރުން 60 އަހަރުގެ ސާރީ ކޯޗިންގެ ތެރެއަށް ވަނީ 1990 ވަނަ އަހަރުއެެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...