ގާނާއަށް އުފަން އަގޯގޯ މަރުވެއްޖެ

ގާނާގެ ގައުމީ ޓީމާއި ޓޮޓެންގްހަމް ފޮރެސްޓް އަދި ބްރިސްޓަލްއަށް ކުޅުނު ފޯވާޑް އަގޯގޯ އުމުރުން 40 އަހަރުގައި މަރުވެއްޖެއެވެ.

ޝެފީލް އިން ސީނިއަރ ކެރިއަރު ފެށި އަގޯގޯ ވަނީ ގައުމީ ޓީމަށް ކުޅެދިން 27 މެޗުގައި 12 ލަނޑު ޖަހާފައެވެ. އޭނާގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާއަށް ޖެހުނު ސްޓްރޯކްގެ ސަބަބުން ވާހަކަ ދެއްކުމުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަގޯގޯގެ މަރާއި ގުޅިގެން އޭނާގެ ކުރީގެ ކްލަބް ޝެފީލް ޔުނައިޓެޑުން ވަނީ އެމަރާއި ގުޅިގެން ހިތާމަ ކޮށް އެކަމުގައި ބައިވެރިވާ ކަމަށް ބުނެފައެވެ.

1997 ވަނަ އަހަރު ސީނިއަރ ކެރިއަރ ފެށި އަގޯގޯ ވަނީ 15 ކްލަބަށް ކުޅެފައެވެ.  އޭގެ ތެރޭގައި އިނގިރޭސި ކްލަބް ބެނެޓްގެ އިތުރުން ޗެސްޓަރ ފީލްޑަށް ކުޅެ އޭނާ ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ.

ބެނެޓަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން އެ ކްލަބުން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އަގޯގޯ ވަނީ ދެފަހަރު ހޯދައިފައެވެ. އެގޮތުން އަގޯގޯ ވަނީ ބެނެޓަށް ކުޅުނު 39 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އޭނާ ވަނީ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު 350 މެޗުގައި 113 ލަނޑު ޖަހާފައެވެ. އޭނާގެ ކެރިޔަރ ނިންމާލީ ސްކޮޓްލޭންޑްގެ ކްލަބް ހިބްސްއިންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...