ނުވަ މަސް ދުވަސް ވީއިރު ފެންނަނީ ވަރަށް ނާގާބިލު ސަރުކާރެއް: މުއިއްޒު

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރަށް ނުވަ މަސް ފުރުނުއިރު ވެސް ފެނިގެން ދަނ ވަރަށް ނާގާބިލު ސަރުކާރެއްގެ ގޮތުގައި ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް ނުވަ މަސް ވެގެންދިޔަ އިރު، ތަރައްގީގެ އެއްވެސް މަޝްރޫއެއް ފަށާފައި ނުވާ ކަމަށެވެ.

މިސަރުކާރުން މަޝްރޫތައް ނިންމާ ވާހަކަ ދެއްކި ނަމަވެސް ކަމެއް ނުފަށާ ކަމެއް ނިންމާނީ ކިހިނެތް ކަމާ މެދު މުއިއްޒުވަނީ ސުވާލު އުފައްދަވާފައެވެ. އަދި އިތުރަށް މުއިއްޒު ވިދާޅުވީ، ކަންކަން އޮޅުވާލަން މި ސަރުކާރުން ވަރަށް މަސައްކަތް ކުރާ ކަމަށާ އެއީ ނާގާބީލު މީހުންގެ ކިބައިން ފެންނަ ފަދަ އަމަލެއް ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ގެނައި ގެދޮރުވެރިކަމުގެ މަޝްރޫތަކަކީ މި ސަރުކާރުން މަޝްރޫތަކެއް ކަމަށް ބުނަމުންދާ ކަމަށާއި، އަމިއްލަ މީޑިއާތަކާއި ދައުލަތުގެ މީޑިއާގައި ވެސް އެ ވާހަކަތައް ސަރުކާރުން އެގޮތަށް ދައްކާ ކަމަށެވެ. ނަމަވެސް މުއިއްޒުވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުން ރައްޔިތުންނަށް ދީފައި ހުރި ފްލެޓުތައް މި ސަރުކާރުން އަތުލާފައިވާ ކަމަށާ އެކަންކަމަކީ ރައްޔިތުންގެ ހިތުން ފިލައިގެންދާނެ ކަންކަން ނޫން ކަމަށެވެ. އަދި ރައްޔިތުން މަޑަކުން ނުތިބޭނެ ކަމަށާ އޭގެ ނަތީޖާ ލޯކަލް ކައުންސިލް އިންތިހާބުން ފެންނާނެ ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...