ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ހުޅުވާލުމުން އެކަމަށް 31 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓް - ފޮޓޯ : ޗެނަލް13

ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ހުޅުވާލުމުން އެކަމަށް 31 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އެ ދެ ކޯޓުގެ ގާޒީ ކަމަށް ހުޅުވާލި ފުރުސަތު މި މަހުގެ 10 ވަނަ ދުވަހު ހަމަވިއިރު އެކަމަށް 31 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.

ޖޭއެސްސީއިން އިއުލާން ކުރީ ކުރިމިނަލް ކޯޓަށް ހަތަރު ގާޒީންނާއި ސިވިލް ކޯޓަށް ދެ ގާޒީން ހޯދާށެވެ.

ކުރިމިނަލް ކޯޓަށް ހަތަރު ގާޒީން ހޯދުމަށް އިއުލާން ކޮށްފައިވާއިރު މިފަހުން އެ ކޯޓުގެ ދެ ގާޒީން ކަމަށްވާ އަބްދުލް ބާރީ ޔޫސުފާއި އަހުމަދު ޝަކީލް ވަނީ އެހެން ކޯޓަކަށް ބަދަލުކޮށްފައެވެ. އަދި އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ހުންނެވީ ސަސްޕެންޑް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...