ޖާބިރަކީ އުޞޫލުތަކާ ހަމަތައް ކިހާ ވަރަކަށް އެނގިވަޑައިގަންނަވާ ބޭފުޅެއްބާ؟

ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިންނަވާ މެމްބަރަކަށް ރާއްޖޭގެ ޤަނޫނު އަޞާޞީ ވަރަށް ރަގަޅަށް އެންގޭނެ ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ އެ ބޭފުޅުންނަކީ އެ ޤާނޫނޫ އަޞާޞީ ހައްދަވާ ބޭފުޅުންކަމުގައި ވުމުންނެވެ. ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއަށް އެކަންކަން އެނގިވަޑައިގަންނަވާ ހެންނެއް ހިޔެއް ނުވެއެވެ.

އެގޮތުން ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތަކާއި ނުލައި 25 އަހަރަށް ޖަލަށް ލާންޖެހޭ ކަމަށެވެ.


ރައީސް ޔާމީން ކަންކަން ކޮށްފައި ހުރި ގޮތަށް ބަލާ އިރު، ޔާމީން ބައިންދަން ޖެހޭނީ އިތުރު ޝަރީއަތެއް ވެސް ކުރުމަކާ ނުލައި ސީދާ ޖަލުގައި, ސީދާ ކުޑަގޮޅީގަ ބަހައްޓަން ޖެހޭނެކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ.

ޖާބިރު ފަދަ ބޭފުޅަކު މިފަދައިން ވާހަކަ ދެއްކެވެމުން މިއީ ހަމަ އަޖައިބު އަންތަރިސް ބާން ޖެހޭ ފަދަ ކަމެކެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް އިންނަވައިގެން މިފަދަ ހޮޅި ވާހަކަ ދައްކަވަނީނަމަ ރައްޔިތުންގެ މަލާމާތާ ފުރައްސާރަވެސް ރައްދުވާނެއެވެ.

އަދި ޖާބިރު ފަދަ ބޭފުޅަކަށް ކަންކަމުގެ ހަމަ އާ ލަމަ އެނގިވަޑައިނުގެންނެވުމަކީ ލަދު ހުތުރު ކަމެކެވެ. ބޮޑު ކުންފުންޏެއްގެ އެމްޑީއެކެވެ. މަޖިލީހުގެ މެމްބަރެކެވެ. ސިޔާސީ ޕާޓިއެއްގެ ލީޑަރެކެވެ. ނަމަވެސް ގޮވާލަމުން ގެންދަވަނީ ގާނޫނާ ޤަވާއިދުތަކުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމަށެވެ. އެއްވެސް އަޞާޞުއެއް ނެތިއެވެ.

ދިވެހި ރާއްޖޭގެ ޤާނޫނޫ އަޞާޞީ އާ އަދި އިސްލާމީ ޝާރީއަތް ވެސް ބުނާ ގޮތުން މީހެއްގެ މައްޗަށް ޝަރީއަތެއް ނުހިންނގާ އަދި މީހެއްގެ މައްޗަށް ކަމެއް ސާބިތު ނުވަނީސް އެމީހާއަށް ހުކުމެއް ނުއިއްވޭނެއެވެ.

އެހެންކަމުން ޖާބިރު މި ފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ ކޮންމެހެން އެއްޗެއް އެނގިވަޑައިނުގެންކަން ހާމަވެއެވެ. ނަމަވެސް އެ ބޭފުޅާގެ މަޤްޞަދެއް އެބައޮތެވެ. އެހެނީ ޖާބިރު މިޙާރުވަނީ 20123 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނުކުރައްވާފައެވެ. އަދި މިހާރު ވަނީ ދަރަނި ވެރިވެފައި އޮތް ސިޔާސީ ޕާޓިއަކާ ހަވާލު ވެވަޑައިގެން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.

އެހެންކަމުން ޖާބިރު މި ފަދަ ވާހަކަތއް މި ދައްކަވަނީ މަޝްހޫރުކަން ހޯދުމުގެ ގޮތުން ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. ަދި ނޫސް ތަކުގައި ހެޑްލައިނު މޭކު ކުރުމަށް ކަމަށްވެސް ވެދާނެއެވެ. އަދި ޤައުމުގައި އެ ބޭފުޅާއަކީ ގަޓު ހުރި ބޭފުޅެއްކަން ދެއްކުމުގެ ނިޔަތުގައި ކަމަށް ވެސް ވެދާނެއެވެ.


ނަމަވެސް ހަނދުމަފުޅު ބަހައްޓަވާށެވެ. މި ފަދަ ހަމަ އެއް ލަމައެއް ނެތް ބޭފުޅަކަށް އިންސާފު ޤާއިމުކޮށްދެވިދާނެ ތޯއެވެ. އަދި އުޞޫލުން ބޭރުން އަމަލު ކުރުމަށް ގޮވާލާ ބޭފުޅަކީ އެއީ އެންމެ އިންސާފުވެރި ވެރިޔަކަށް ވެދާނެ ބާއެވެ.

ޖާބިރުއެވެ. އަމިއްލަފުޅު ސޯޓު ނުބޭއްލުވެނީސް ތިޔަ ދައްކަވަމުން ގެންދަވާ ކޮސް ވާހަކަތައް ހުއްޓަލެއްވިއްޔާ މަނިކުފާނުގެ ކުރިމަގު ފަހަރުގައި ތަންފުކެއްވެސް އުޖާލާވެދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...