އަދުލުވެރި ހެކިބަސް ދެވޭނެ މާހައުލެއް ނެތްކަމަށް ވިދާޅުވެ، ލުތުފީ، ޔާމީންގެ މައްސަލައިން ތަނާޒުލުވެއްޖެ

- އޭސީސީގެ ކުރީގެ ރައީސް، ހަސަން ލުތުފީ -

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގައި، ރާއްޖޭގައި މި ވަގުތު އަދުލުވެރި ހެކިބަހެއް ދެވޭނެ މާހައުލެއް ގާއިމު ވެފައި ނެތް ކަމަށް ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް، ހަސަން ލުތުފީ، އެ މައްސަލައިގައި ހެކިބަސް ދިނުމުން ތަނާޒުލްވެވަޑައިގެންފިއެވެ.

ލުތުފީ ކުރެއްވީ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި ދެކޮޅަށް ކޮށްފައިވާ މަނީ ލޯންޑަރިން ދައުވާގެ ތަހުގީގު މަރުހަލާއިން ފެށިގެން މިއަދާއި ހަމަޔަށް ވެސް ސަރުކާރުގެ އެކި ފަރާތްތަކުން ދަނީ އެމަނިކުފާނަށް ބިރު ދައްކަމުން ކަމަށެވެ. އަދި މަގުމަތިން އެމަނިކުފާނާއި ދިމާކޮށް ބިރު ދައްކައި ހެދިކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ގޮތަކަށް ކަންތައްތައް ހުރުމާއި ގުޅިގެން އަދުލުވެރި ހެކިބަސް ދެވޭނެ ފަދަ މާހައުލެއް ޤާއިމް ކުރެވިފައި ނުވާތީ ކުރީގެ ރައީސް ޔާމީން އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާއިން ހެކިބަސް ދިނުމުން ތަނާޒީލު ވެފެއިވާ ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ.

މިހާރު މެލޭޝިޔާގައި ދިރުއުޅުއްވަމުން އަންނަ ލުތުފީ ވަނި މީގެ ކުރިންވެސް ރާއްޖެ ދޫކޮށް ދިޔައީ އޭނާއަށް ތަފާތު އެކި ފަރާތްތަކުން މަރުގެ އިންޒާރު ދެމުން ގެންދާތީ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އެކައުންޓަށް އެސްއޯއެފް ޕްރްއިވެޓް ލިމިޓެޑުން ޖަމާކުރި 1 މިލިޔަން ޑޮލަރަކީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައެއް ނޭޅޭ ކަމަށްވެސް ލުތުފީ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ އަނބުރާ ދައްކަންވެސް ރައީސް ޔާމިނަށް އޭސީސީގެ ފަރާތުން އަންގާފައި ނުވާނެކަމަށްވެސް ލުތުފީ ވިދާޅުވިއެވެ.

ސަބަބެއްކަމުގައި ލުތުފީ ވިދާޅުވީ އެއީ އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ކަނޑައެޅިފައި ނުވާތީކަމަށެވެ. އެ ފައިސާ ޖަމާ ކުރުމާއި ގުޅިގެން އެމަނިކުފާނު އަދި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ވެސް ރައީސް ޔާމީނާއި ތަހުގީގަކަށް ބައްދަލުކޮށްފައި ނުވާނެކަމަށް ލުތުފީ ކުރެއްވި ޕޯސްޓުގައިވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑާ ދައުވާގެ ޝަރީއަތުގައި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ވަނީ، އެ މަނިކުފާނު ރައީސް ޔާމީނާއި ބައްދަލުކޮށް އެ ފައިސާ ރައްދު ކުރަން ދެންނެވި ކަމަށް ވިދާޅުވެފައެވެ.

މުއައްވިޒު އެހެން ވިދާޅުވި ނަމަވެސް، އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން އަދިވެސް ކަނޑަ ނޭޅޭކަމަށް ޝަރީއަތުގެ މަޖްލީހުގައި މުއައްވިޒު ރަޝީދު ވަނީ އިއުތިރާފްވެ ވަޑައިގެންފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...