އަދީބާއެކު ހެދި ޑީލުގެ ސަބަބުން މިސަރުކާރުގެ ތެދުވެރިކަމެއް ނެތްކަން ހާމަވޭ: ޖަމީލު

ޑރ.ޖަމީލު ޕޯޑިއަމުއެއްގައި ޥާހަަކ ދައްކަވަނީ. ފޮޓޯ:ވީނިއސް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ޑީލް ހެދުމުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ސަރުކާރުގެ ތެދުވެރިކަމެއް ނެތް މިންވަރު ހާމަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާނާތުގެ ފައިސާގައި ރައީސް ޖެހިވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ހިތްތަކަށް ތަސައްލީ ލިބޭ ކަމަށާއި ނަމަވެސް އަދީބާއެކު ޑީލް ހަދައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ނުކޮށް ވަކި ބަޔަކަށް ދައުވާކުރުމުން އެނގެނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ ތެދުވެރިކަން ނެތްކަން ކަމަށެވެ.

ޑރ.ޖަމީލް މިފަދަ ޓްވީޓެއް ކުރައްވާފއިވާއިރު، އަދީބާއި އެކު މިހާރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް ބައެއް މައްސަލަތަކުގައި ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.

އަދި ދައުވާ ކުރާ މައްސަލަތަކުގައި ކުށުގެ ބާވަތް ލުއި ކޮށްދިނުމަށް އެއްބަސްވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިންގުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމަށް ތުހުމަތު ކުރެވެއެވެ.

ނަމަވެސް އަދީބު ސަލާމަތް ކުރުމަށް ފަހު އެހެން ބަޔަކު "ފައްތާލަން" ސަރުކާރުން މަސައްކަތް ކުރަނީ މިހާރުގެ ސަރުކާރުގައި ތިއްބެވި ގިނަ ބަޔަކަށް އަދީބު ފައިސާ ދީފައި ވާތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އަދީބު މިވަގުތު ހުރީ މާބިން ހުރާ އިން ލިބުނު 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވި މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...