ނައިފަރަށް ކުރި ވިއްސާރާއިގައި ލިބުނު ގެއްލުން ދާއިރާގެ މެމްބަރު ބައްލަވާލައްވައިފި

ނައިފަރަށް ކުރި ވިއްސާރާއިގައި ލިބުނު ގެއްލުން ދާއިރާގެ މެމްބަރު ބައްލަވާލައްވައިފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނައިފަރުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ހާލު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ބައްލަވާ ލައްވައިފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ކުރަމުން ގެންދާ ވިއްސާރައިގައި ރޭ އައި ކޮޅިގަނޑެއްގައި ނައިފަރަށް ކުރި ވިއްސާރައިގެ ސަބަބުން ހަތަރު ގެޔަކަށް ފެން ވަދެ އެގޭގައި ދިރިއުޅޭ މީހުންނަށް އެކި ވަރުގެ އުދަގޫ ތަކާ ކުރިމަތިވެފައިވެއެވެ.

ނައިފަރުގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ފަހު މެމްބަރު ޝިޔާމު ޗެނެލް 13އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ، ވަކި ވަކި ހުރިހާ ގެއަކަށްވެސް ޒިޔާރަތް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ނައިފަރުގެ ރައްޔިތުންނަށް ދިމާވި މި ޚައްޞާޞު ދަނޑިވަޅުގައި ޤައުމީ ސަލާމަތީ ބާރުތަކުންނާ އަދި ދިވެހި ފުލުހުން ދެއްވި އެއްބާރުލުން ޝިޔާމުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި ވިއްސާރަ ދުވަސްވަރާ ދިމާކޮށް ކޮންމެ ބޭފުޅަކު އަޅުއްވަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް މެމްބަރު ޝިޔާމުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ވިއްސާރައިގެ ސަބަބުން ގެއްލުނު ލިބުނު ފަރާތްތަކަށް އެކަށިގެންވާ އެހީތެރިކަން ކަމާ ގުޅުން ހުރި މުއައްސަސާތަކުން ފޯރުކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

އަދި މި ދަނޑިވަޅުގައި އެހުރިހާ އާއިލާތަކަށް ހެޔޮ ދުޢާ ކުރައްވާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...