އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުންދާތަން މަންޒަރު މިހާރު ފެނޭ: ޚުޠުބާ

މިހާރަކަށް އައިސް ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުންދާތަން ކަމަށާއި އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ބޭނުންވެފައިވާ ކަމަށް އަޟްހާ އީދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވަނީ އިސްލާމީ އުންމަތަށް މިއަދު މިވަނީ މި ގުރުބާނީން އިބުރަތް ހާސިލުކުރަން ޖެހިފައި ކަމަށާއި އިބްރާހީމުގެ ފާނުގެ ދަރިކަލުންގެ ވާހަކައިން އިތުރު ފިލާވަޅުތައް ދަސްކުރަން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް ފެންނަމުން ދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަ މަންޒަރުތައް ކަމަށާ ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތަމުންދާ ތަން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

މި ދީނުގެ ނަބިއްޔާއަށް ފުރައްސާރަ ކުރަމުންދާ ތަނާ މުސްލިމުންގެ މުގައްދަސް ތަންތަނަށް އަރައި އެތަންތަން ފޭރިގަންނަ ތަންވެސް މިހާރު ފެންނަމުންދާ ކަމަށާ މުސްލިމުންގެ ވެރީންގެ އަބުރަށް ދަނީ އަރައިގަންނަމުންކަން ވެސް ޙުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ދަނީ ކަނޑަމުން ކަމަށާ މުސްލިމް އިލްމުވެރިންގެ ގަދަރު ދަނީ ވައްޓައިލަމުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށާއި އިސްލާމްދީން މިވަނީ އެ ދީނުގެ ވަތަނުގައި ބީރަށްޓަހި ކޮށްފައި ކަމަށެވެ.

އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ދަނީ އަޑުއުފުލަމުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން އެމީހުންގެ ވަގުތުންނާއި އެމީހުންގެ މުދަލުންނާއި އެމީހުންގެ އީޖާދުތަކުން އިސްލާމްދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް މިއަދު ބޭނުންވެފައިވާ ކަމަށާ އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް މިއަދު ވަނީ ބޭނުންވެފައި ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިންނަށް މިއަދު ވަނީ ބޭނުންވެފައި ކަމަށްވެސް ޚުޠުބާގއިވަނީ ބުނެފައެވެ. ހުތުބާގައި އިތުރަށް ބުނެފައިވަނީ ފިތުރު އީދެކޭ އެއްފަދައިން، މި އީދަކީ ވެސް ﷲ އެންގެވި އަމުރުފުޅަކަށް އިޖާބަ ދެވުނީތީ އުފާކުރާ އުފާކުރުމެއް ކަމަށާއި ﷲ މި ދެއްވި ނިއުމަތަށްޓަކައި ޒިކުރުކޮށް ތަކުބީރު ކިޔަން ވާނެ ކަމަށެވެ.

އެހެންކަމުން އީދު ފާހަގަކުރަން ޖެހޭނީ ﷲ މަނާކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވެ ތިބެގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި އިތުރަށް ބުނެފައިވަނީ މުސްލިމުންގެ އީދަކީ މިނިވަންކަމުގެ އީދެއް ކަމަށާއި މުސްލިމުންގެ އީދު ވާންޖެހޭނީ ނަފުސުތައް ޝަހަވާތްތަކުން މިނިވަންކޮށްދޭ އީދަކަށް ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...