ޖެންޑާ މިނިސްޓަރަށް ޒިންމާ ނެނގޭބާ؟

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރޭން ފެނުނު، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ ހާދިސާ ހިނގިއިރު އެކަމަށް އެންމެ ބޮޑަށް އިހުމާލުވެފައިވާ ކަމަށް ތަހުގީގުތަކުން ދައްކާފައިވަނީ ޖެންޑަރ މިނިސްޓްރީގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރ ޝިދާތާ ޝަރީފުއެވެ.

އަދި އެކަމާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު އޭނާ މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރުކުރިއެވެ. އެހާ ހިސާބުން ޝިދާތާ ރައީސް ޔާމީންއާ ދެކޮޅު ވެރިވިއެވެ. އަދި އެމަނިކުފާނާ އިދިކޮޅުގައި ތިއްބެވި ބޭފުޅުންނާ އެކު މަސައްކަތް ފެއްޓެވިއެވެ. އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އަދާލަތު ޕާޓީގެ ބޭފުޅުންނާ އެކުއެވެ.

އަދި ކޯލިޝަން ހަދައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކޯލިޝަނުން ކާމިޔާބުކުރިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމު މުހައްމަދު ޞޯލިހު އެކުލަވާލި މަތިބަރު ސަރުކާރުގެ ޖެންޑަރ މިނިސްޓަރުކަން ޝިދާތާއާ ހަވާލުކުރިއެވެ.

ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅުކުރިއެވެ. އެއީ އިބްތިހާލުއަށް ލިބެމުން ދިޔަ އަނިޔާތައް ޖެންޑަރ މިނިސްޓްރީއާ ހިއްސާކުރި ނަމަވެސް އެކަމާ މެދު ފިޔަވަޅެއް ނޭޅި ވަނިކޮށް އެ ތުއްތު މައުސޫމު ފުރާނަ މި ދުނިޔެ އާއި އަލްވަދާއު ކީއިރު އެކަމުގައި ޝިދާތާގެ ވެސް އިހުމާލު އޮތުމުންނެވެ. އަދި އޭނާ އެ މަޤާމަށް އެކަށިގެން ނުވާ ކަމަށާ މީގެ ކުރިންވެސް ޒިންމާތައް އަދާ ނުކުރެވުނު ބޭފުޅަކަށް ދެން އެކަން ވެދާނެ ކަމާމެދު ގިނަބަޔަކު ދިޔައި ސުވާލު އުފައްދަމުންނެވެ.

ދިވެހި ރައްޔިތުންގެ އެކަންބޮޑުވުންތަކަކީ އަސްލުވެސް ހައްގު ކަންބޮޑުވުންތަކެއް ކަން ސާބިތުވެގެން ދިޔައީ، ކުޑަކުދިންގެ ހިޔާގައި ހުއްޓައި ޝައިމް އަބްދުﷲ ގެއްލުމާއެކުއެވެ. ވިލިގިލީގައި ހުންނަ ކުޑަ ކުދިންގެ ހިޔާގައި އެސެސްމަންޓެއް ހެދުމަށް ގެންގޮސް ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓާ ޝައިމު ގެއްލުނީ ޖޫން މަހުގެ އަށާރަވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޝިދާތާ ވަނީ ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކަވާ އެކަމުގައި އެކަމަނާގެ އިހުމާލެއް ނޯންނާނެކަން ސާބިތުކޮށްދެއްވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޝައިމުގެ ކަރާމާތަށް ގެއްލުންވާ ފަދަ އެކި ގޮތް ގޮތަށް ޝިދާތާވަނީ އެކަމާ ގުޅިގެން ވާހަކަ ދައްކަވާފައެވެ. އަދި ޝައިމު ގެއްލުނީ ބެޑް ޝީޓު އަޅައިގެން ނިދާތީ ކަމަށް ވެސް ޝިދާތާ އޭރު ވިދާޅުވިއެވެ.

ނަމަވެސް އެއީ އަކީ ޒިންމާދާރު ވަޒީރެއްގެ ފަރާތުން އިވިގެންދާން ޖެހޭ ވަރަށް ވުރެ މާ ޒިންމާދާރުކަން ކުޑަ ޖަވާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ. އަދި ޒިންމާތަކުން ރެކެން އިތުރުފުޅު ނުހައްދަވާ ޒިންމާތައް އަދާ ނުކުރެއްވޭ ނަމަ އިސްތިއުފާ ދެއްވުމަށްވެސް އޭރު ގިނަބަޔަކު ދިޔައީ ގޮވަމުންނެވެ.
ނަސީބު ކަންދިމާކުރި ގޮތުންނާއި އަދި ދިވެހިން ކުރި ބުރަ މަސައްކަތުން ޝައިމު ހޯދުނެވެ.

އޭގެ އެއް މަހާ ނުވަ ދުވަސް ފަހުން އަނެއްކާވެސް ޝިދާތާ ހަވާލުވެ ވަޑައިގެން ހުންނެވި މިނިސްޓްރީއާ ގުޅުން ހުރި މުއައްސަސާއެއްގެ ބަލުމުގެ ދަށުގައި ތިބި ކުދި ބައެއްގެ ފޮތޯތަކެއް އާންމުވެގެން ދިޔައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ 10 އަހަރުން ދަށުގެ ކުދިން ބަލަން ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ފިޔަވަތީގައި އުޅޭމުން ދިޔަ ކުދިންތަކެއް އެތަނުގެ ފުރާޅު މައްޗަށް އަރާ ތިބި މަންޒަރު ފެންނަ އެ ފޮޓޯ އާންމުވުމާއެކު އަނެއްކާވެސް ޝިދާތާގެ އިސްތިއުފާއަށް ގޮވަމުން އައި ގޮވުންތަކުގެ އަޑު ގަދަވެގެންދިޔައެވެ.

ދެން ޖެހިގެން އައި ދުވަހު އިވުނީ ފިޔަވަތީގައި އުޅޭ ހަތް ކުއްޖަކު އެތަނުން ފިލި ވާހަކައެވެ. މިއީ ކަންބޮޑުވާން ޖެހޭ ވަރުގެ ސީރިއަސް ކަމެކެވެ. ކޮންމެ އަކަސް ދިވެހި ފުލުހުންގެ މިންނެތް ބުރަ މަސައްކަތުން މިފަހަރުވެސް އެ ހަތް ކުދިން ހައްޔަރުކޮށް ފިޔަވައްޗާ ހަވާލުކުރިއެވެ.

ނަމަވެސް މިއީ މިކަމަށް އޮތް ދާއިމީ ހައްލެއް ބާއެވެ. އެއިން ކުއްޖަކު ފިލަން އެކުރާ މަސައްކަތްތަކުގެ ތެރެއިން އެއިން ކުއްޖަކަށް ލިބޭ ގެއްލުމަކަށް ޒިންމާ މިނިސްޓްރީން ނަގާނެބާއެވެ. ނޫނީ އެންމެ ފަހުން ކަންތައްތައް ކުރެއްވި ގޮތަށް އެކުދިންގެ ކަރާމާތަށްވެސް ގެއްލުންވާ ފަދަ މޮޅު ވާހަކަތަކެއް ދައްކާނީ ބާއެވެ؟

މިއި މީގެ ކުރިން މި ރާއްޖޭގައި ހިނގާ ކަންކަން ނޫންކަމެވެ. އެހެންކަމުން މިހާރު މިކަންކަން އާއްމު ވެގެން މިއުޅޭ ސަބަބެއްވެސް އޮންނާނެތާއެވެ. އެގޮތުން އެކުދިން އެތަނުން ފިލަން މަސައްކަތް ކުރަނީ ކީއްވެ ތޯ މިއީ މިއަދު ބަލަން ޖެހޭ މައްސަލައެކެވެ. އަދި އެކުދިން ބަލަހައްޓަން ރެޔާއި ދުވާލު ސަރުކާރުން މީހުން ބައިތިއްބާފައި ތިބޭއިރު އެކުދިންނަށް ފިލަން ފުރުޞަތު ލިބެނީ ކިހިނެއްތޯ ވެސް ބަލަން ޖެހެއެވެ.

ނުވަތަ އެކުދިން ބަލަން އެކަށީގެންވާ ވަރަށް މީހުން ނުތިބެނީތޯ މިއީ ވެސް ބަލަން ޖެހޭ ކަމެކެވެ. އެހެނީ މައުލޫމާތު ލިބިފައިވާ ގޮތުގައި މިސަރުކާރު އައި ފަހުން ފިޔަވަތީގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ބަޔަކުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ކަންތައްތައް މިފަދަ ގޮތަކަށް ހުރިއިރު އެއްކަލަ ކަން ފަސޭހަ މިނސްޓަރު ކޮބައިބާއެވެ؟ ބަހެއް ބުނެލާ އަޑުވެސް އިވިނުލައެވެ. މޮޅު ވާހަކައެއް ހަދާލަން ވިސްނަނީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެ އަކަސް ޖެންޑަރ މިނިސްޓަރު ޝިދާތާއަށް އެކަމަނާގެ ޒިންމާ އަދާ ކުރެވޭތޯ މިއީ މިއަދު ވައިގައި ހިފާފައިވާ ސުވާލެކެވެ. ނުވަންޏާ ޒިންމާތަކުން ދުރުވެ ގޭގައި މަޑުކޮށްލުމަށްވެސް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ހިތާމަޔަކީ ކުޑަ ކުދިންގެ ކަންތަކުގައި ޝިދާތާގެ އިހުމާލު އޮއްވާ ވެސް ރައީސް ޞޯލިހުވެސް އެފަދަ ޒިންމާދާރުކަން ބޮޑު މިނިސްޓްރީއެއް އެފަދަ ކަން ފަސޭހަ ބޭފުޅަކާ ހަވާލު ކުރެއްވުމެވެ. މަޤާމުގެ މަސްޢުލިއްޔަތުތައް އަދާ ނުކުރެއްވޭ ވަރުގެ ބޭފުޅުންނާ މިފަދަ މުހިއްމު ވުޒާރާތައް ހަވާލުކުރުމުންނެވެ.

ނަމަވެސް ޝިދާތާގެ މި ނާގާބިލުކަން ފޮރުވުމަށްޓަކައި އަދުގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން އަންނަނީ މަޖިލިހުގައި ވަކާލާތު ކުރައްވަމުންކަންވެސް ފާހަގަކޮށްލެވެއެވެ. ކޮނޑުގައި އެޅިފައިވާ ޒިންމާތަކުން ރެކިވަޑައިގެން އެހެން މީހުންގެ ކުން ހޯދުމުގައި މި ސަރުކާރު އޮތީ ކުރިއަރާފައެވެ.

މިފަދަ ގޮތަކަށް އަދުގެ ސަރުކާރުގެ އަމަލުތައް ހުރުމުން ރައްޔިތުން ބުނަމުން އަންނަނީ ދައުލަތުގައި ފެއިލް ނުވާ އެއްވެސް ވުޒާރާއެއް ނެތް ވާހަކައެވެ. ވެރިކަމެއް ކޮށްދެއްވަން އެނގިވަޑައިނުގަންނަވާ ކަމުގައިވަނީ ނަމަ ގޭގައި މަޑު މަޑުން ތިއްބެވުމަށްވެސް އެ ރައްޔިތުން އަންނަނީ ގޮވަމުންނެވެ.

އިހުމާލު ވެފައިވާ ކަން ދޭހަވާ ފަދަ ފޮޓޯތަށް މީސް މީޑިއާގައި ދައުރުވާން ފެށުމުން ޝިދާތާވެސް އަދި އެހެން ވަޒީރުންވެސް ކޯފާ އިސްކުރެއްވުމުގެ ބަދަލުގައި އަވަހަށް ޒިންމާތައް އަދާ ކުރެއްވުމާއި ގެން ކުރިއަށް ވަޑައިގަންނަވައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢޒްރާ އަލީ 11 އޮގަސްޓް 2019 - 21:13

    ޝިދާތާ އަކީ ޒިންމާ ނަގަން އެނގޭ މީހެއްނޫން އެއްވެސް ކަހަލަ ހިންގުން ތެރިކަމެއް މިސަތުކާރުގަ ނެތް ހުރިހާ ވަޒީރުންވެސް ބަލަނީ ލާރިއެއް ކެވެން އޮތްތޯ މީހުނައް ވަގައްގޮވާ އިރު ކެރަފާ ނަޝީދުގެ ވެރިކަމުގަ ބައިތުލް މާލުން 4.7 ބިލިއަން ރުފިޔާ ވީނުވީއެއްނޭގުނު މި ކޮރަޕްޝަން ނޫން ކޯއްޗެއް ނަޝީދުގެ ވެރިކަމުގަ ކޮރަޕްޝަން ޢާންމުވީ ވަކި ވަކި ވަޒީރުން ގެ އެކައުންޓައް ޖަމާކުރި ލާރި ކޮބާ ދެން އަނގަ ހުޅުވަން ލަދުގަންނަން ޖެހަެނެ

ގުޅުން ހުރި
Loading...