ޑިމޮކްރަސީގެ ހަމަތައް ދަމަހައްޓަވާނެ ކަމަށް ވިދާޅުވާ ސަރުކާރު އޮތީ ފެއިލްވެފަ: ރައީސް ޔާމީން

- ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން -

ޒިންމާދާރު ކަމާއެކު ޑިމޮކްރަސީގެ ހަމަތައް ދަމަހައްޓަވާނެ ކަމަށް ވިދާޅުވާ ސަރުކާރުގެ ތެރެއިން އެފަދަ ޒިންމާދާރު ކަމެއް ނުފެންނަ ކަމަށް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް 250 ހަށް ވުރެ ގިބަ ދުވަސް ވެގެންދިޔައިރުގައިވެސް އާންމު ރައްޔިތުންނަށް ވައުދުވި ކަންތައްތަކުގެ ތެރެއިން މިންވަރެއްވެސް ފުއްދަވާދެއްވާފައި ނުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާޢްޖޭގައި އުފެދުނު އެންމެ ބޮޑު ޚާއިނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އެތައް ބައެއްގެ މަސައްކަތުން މިހާރު ރާއްޖެ ގެނެވިފައިވާކަމަށެވެ.

ނަމަވެސް ޒިންމާދާރު ކަމަށް ވިދާޅުވާ ސަރުކާރެއްގައި އަދި ޑިމޮކްރަސީގެ ރީތި އުސޫލުތައް ދަމަހައްޓަވާނެ ކަމަށް ވިދާޅުވާ ސަރުކާރެއްގައި ކޮންމެ ކަމެއް ދިމާވާއިރުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އެ ބޭފުޅުން އެ އަޅުއްވާ ފިޔަވަޅުތައް މަތިން މިހާރު ފިޔަވަޅުތައް ނެގޭނެ ކަމާމެދު ޝައްކު އުފެެދޭ ހިސާބަށް ކަންތައްތައް ހިނގައްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ދެ މަހަށްވުރެ ގިނަ ދުވަސް ވަންދެން ދައުލަތުގެ ބެލުމުގެ ދަށުގައި ދައުލަތުން ޙާރިޖީ ސިޔާސަތުގެ ދަށުން އެންމެ ބާރު ހިނގާ ބޭރު ގައުމެއްގައި ހުރި އެމްބަސީއެއްގައި ފޮރުވައިގެން ގެންގުޅުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ސަރުކާރުން އެފަދަ ބޮޑު ޖަރީމާއެެއް ހިނގުމަށް ފަހު އެ ސަރުކާރެއް ނުވެއްޓި އޮވެދާނެ ކަމާ މެދު ގަބޫލުކޮށްގެން ވާނޭ ކަމެއް ނޫން ކަަމަށް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ޑިމޮކްރަސީގެ އުސޫލުތަކަަށް ބަލާ ކަމުގައިވަނީނަމަ މި ހާ ހިސާބުންވެސް ވައުދެއް ނުފުއްދުނު ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޒިންމާދާރު ކަމާއެކީގައި އެކަމަށްވެސް ޖަވާބުދާރީ ވާނަމޭ ވިދާޅުވި ކަމަށާއި އެ ކަމުގައި ގޯސްތައް ހެދި މީހުން ޖަވާބުދާރީ ކުރުވަން އިދިކޮޅުން ކުރާ މަސައްކަތުގައި އަދި މިހާތަނަށް ޖަވާބުދާރީ ވެފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އެކަމަށްވެސް އޮތީ އެޖެންޑާ ނަވާރަ ވަދެފައި ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަލަށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭން ބަޔަކު އަންނަނީ ރައްޔިތުންނަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ރައްޔިތުން ގާތުގައި ބުނެގެން ކަމަށެވެ.

އަދި މި ހިނގާ ބަޖެޓަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނިމިގެންދާ ސަރުކާރެއްގައި އޭރު އެމަނިކުފާނުގެ ސަރުކާރު އޮންނެވި އިރުގައި ބަޖެޓް ހުށަހަޅަން ބޭނުން ނުވާ ކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް އެ ބޭފުޅުންގެ އެދުމުގެ މަތިން ބަޖެޓް ހުށަހެޅީ ކަމަށް ރައިސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރަށް އަހަރެއްހާ ދުވަސް ވާން ގާތްވެފަވާއިރު މިއިން އެއްވެސް ކަމެއް ދިވެހި ރައްޔިތުންނަށް ނުވާ ކަމުގައި ވަނީ ނަމަ މުޅި ގައުމުގައި ތިއްބެވި ރައްޔިތުން ބޭނުންވާ އެންމެ މުހިންމު އަސާސީ ހައްގު ކަމުގައިވާ ފެނާއި ނަރުދަމާ އަދި ހޮސްޕިޓަލް ތަކާއި އެއާޕޯޓް ތައް ނިމިފައިވާއިރު އެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓާނެ ގޮތެއް ނޭގޭ އަދި އެކަމުގައި އެއްވެސް ވަރެއްގެ ވައްޓަފާޅިއެއް ނެތް ބަޔަކަށް އެ ކަމެއްވެސް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...