ލ.ދަނބިދޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުހިފޭ ވަރަށް އަނދައިފި

ލ.ދަނބިދޫ އިންޖީނުގޭގައި ހުރި ދެ އިންޖީނުގައި އަލިފާން ރޯވެ ބޭނުން ނުހިފޭ ވަރަށް އަނދައިފިއެވެ.

ދަނބިދޫ އިންޖީނުގޭގައި ރޯވެފައިވަނީ ރޭ އަށްގަޑި ތިރީސްހާއިރު އެވެ. އަދި އިންޖީނުގޭގައި ރޯވި އަލިފާންގަނޑު ގިނަ އިރުތަކެއް ނުވަނިސް ވަނީ ނިއްވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ދެ އިންޖީނުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށްް އަނދާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދަނބިދޫ އިންޖީނުގޭގައި ހިނގި ހާދިސާގެ ރިޕޯޓް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ލިބުމާއެކު އެކަމުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ދަނބިދޫ އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ރަށުން ކަރަންޓް ކެނޑުނު މައްސަލަ ހައްލު ކުރުމަށް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...