ފިޝަރީޒް މިނިސްޓަރ ޑރ މުޙައްމަދު ޝައިނީ

އދ ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ރާއްޖެ ތަމްސީލު ކުރުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ނިއުޔޯކަށް ފުރާ ވަޑައިގެންފިއެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމަށް ޑރ. ޝައިނީ ފުރާވަޑާއިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިނިސްޓަރާއެކު ރާއްޖޭގެ އެހެން މަންދޫބުން ވެސް އެސެމްބްލީގައި ބައިވެރިވުމަށް ފުރާ ވަޑައިގެންފައި ވެއވެ.
ވޭތުވެދިޔަ އަހަރު ރާއްޖޭގެ ފަރާތުން ޔޫއެން ޖެނެރަލް އެސެމްބްލީގައި ދިވެހި ވަފްދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންފައިވަނީ ފޮރިން މިނިސްޓަރ ޑރ.އާސިމްއެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި މޫސުމަށްއަންނަ ބަދަލުތަކާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރާނެ ގޮތްތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވާނެއެވެ.

އަދި އިޔާދަކުރަނިވިހަކަތައާއި، ޖިންސީ ތަފާތުކުރުންތައް ނައްތާލުމާއި އަންހެނުންނަށް ކުރާއަނިޔާއާއި، ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، ކުށް މަދުކުރުމާއި، ކުށްވެރިންގެޙައްޤުތައްފަދަ މުހިންމު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.